ސިހުރު ހަދާކަމުގެ ތުހުމަތުގައި ރ. މީދޫ އާއި އެ އަތޮޅު އަލިފުށީގައި ފުލުހުންގެ ހާއްސަ އޮޕަރޭޝަނެއް ފަށައިފި އެވެ.
މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ މީދު އާއި އަލިފުށީގައި ސިހުރު ހަދާ ކަމަށް ބުނެ ރިޕޯޓު ކޮށްފައިވާ މައްސަލައަކާ ގުޅިގެން އޮޕަރޭޝަނެއް ކުރިއަށް ގެންދާކަމަށެވެ.
ފުލުހުން މިކަމާއި ގުޅޭ އިތުރު މައުލޫމާތު ފަހުން ހިއްސާ ކުރާނެކަމަށް މެސެޖްގައި ބުނެފައިވެ އެވެ.
ރާއްޖޭގައި ސިހުރުގެ މައްސަލަތަކުގައި ބައެއް ފަހަރު ފުލުހުންނަށް ރިޕޯޓް ކޮށްގެން ތަހުގީގު ކޮށްފައިވެ އެވެ. އެގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުވެސް ބަޔަކު ސިހުރު ހަދާ ކަމަށް އާންމުން ކުރި ޝަކުވާތަކަކާ ގުޅިގެން ހއ. ކެލައަށް ފުލުހުން އަރައި ބަޔަކު ހައްޔަރުކޮށް ގެތަކެއް ބަލައިފާސްކޮށްފައިވެ އެވެ.
ފަހަތުން އަރައި ސެނެގާލް ބަލިކޮށް، ބެލްޖިއަމް ގަދަ 16އަށް
ޔުކްރޭންގެ ނޫޑްލްސް އަކުން ޔޫރަޕްގައި ސަލްމޮނެއްލާ ފެތުރެނީ
އެމްޕަޔާ ސްޓޭޓަ ބިލްޑިންގެ އެންމެ އުހަށް އެރުމުން ހައްޔަރު ކޮށްފި