ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ނެގި ސާމްޕަލްތަކުން 139 މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭ އިން މިރޭ އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން މާލެ ސަރަހައްދުން 89 މީހަކު މިއަދު ވަނީ ޕޮޒިޓިވްވެފަ އެވެ. އަދި އަތޮޅުތެރެއިން ހަތަރު މީހަކާއި ރިސޯޓްތަކުން 19 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ.

މިއަދުގެ 139 ކޭސްއާއެކު ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިފައި ވަނީ ޖުމްލަ 22،929 މީހުންނަށެވެ. އެކްޓިވް ކޭސްގެ އަދަދު 2،497 ގައި މިހާރު ހުރިއިރު 20،359 މީހުން ވަނީ މިހާތަނަށް މިބަލިން ރަނގަޅުވެފަ އެވެ.

މި ބަލީގައި ރާއްޖެއިން މިހާތަނަށް 66 މީހަކު ވަނީ މަރުވެފަ އެވެ.