ބޮލީވުޑްގެ މަޝްހޫރު އާއިލާތަކަށް ނިސްބަތްވާ ގިނަ ޒުވާން ތަރިން މިހާރު ގެއްލިފައިވާ ކަމަށް އަރަމުން އަންނަ ތަރި ހަރްޝްވަރްދަން ރާނޭ ބުނެފި އެވެ.

ހަރްޝްވަރްދަން މިހެން ބުނެފައިވަނީ ބޮލީވުޑްގައި އޮތް މަޝްހޫރު އާއިލާތަކުގެ ނުފޫޒާ ބެހޭގޮތުން މީޑިއާއަށް ދިން އިންޓަވިއުއެއްގަ އެވެ.

އޭނާ ބުނީ މަޝްހޫރު އާއިލާއަކަށް ނިސްބަތްވެގެން ތަރިންނަށް ލިބޭ ވަކި އިތުރު ފައިދާއެއް ނެތް ކަމަށާއި މުހިއްމީ އެ ތަރިއެއްގެ ކިބައިގައި ހުނަރު ހުރުން ކަމަށެވެ.

"ކޮންމެ 10 ތަރިއަކުން 8 ތަރިން މިހާރު ވަނީ ގެއްލިފައި. ދާއިރާގެ އެންމެ ކުރީގައި އުޅެނީ ބޭރުން އައިސް ތިބި ތަރިން،" ހަރްޝްވަރްދަން ބުންޏެވެ

އެހެން ކަމުން އެފަދަ ތަރިންގެ ސަބަބުން އޭނާއަށް އިތުރު އެއްވެސް ޕްރެޝަރެއް ކުރިމަތިނުވާ ކަމަށް ވެސް ހަރްޝްވަރްދަން ބުނެފައިވެ އެވެ.

ހަރްޝްވަރްދަން މިހާރު އަންނަނީ 8 އަހަރު ފަހުން ސިނަމާތަކުގައި އަލުން އެޅުވި އޭނާގެ ފިލްމު "ސަނަމް ތޭރީ ކަސަމް"އަށް ލިބެމުން އަންނަ ކާމިޔާބީ ފާހަގަކުރަމުންނެވެ.