ކުރިއަށް މިދާ ރަމަޟާން މަހު މާތް ﷲގެ ރަހްމަތާމެދު އުއްމީދު ކަނޑާނުލުމަށް އިންޑިއާގެ މަޝްހޫރު އެކްޓަރު ޝުއައިބް އިބްރާހީމް ބުނެފި އެވެ.
ޝުއައިބް މިހެން ބުނެފައިވަނީ ރަމަޟާން މަހާ ބެހޭގޮތުން އޭނާގެ އިންސްޓަގްރާމްގައި މީގެ ފަސްވަރަކަށް ދުވަސް ކުރިން ކުރި ޕޯސްޓެއްގަ އެވެ.
އެ ޕޯސްޓުގައި ޝުއައިބް ބުނެފައިވަނީ ރަމަޟާން މަހަކީ ރަހުމަތުގެ މައްސަރު ކަމަށާއި އެމަހުގައި ވެސް އަހަރުމެންނަށް ކުށްފާފަ ކުރެވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
އެހެން ނަމަވެސް ހެޔޮ ހިތަކާއެކު މާތް ﷲގެ ހަޟްރަތަށް ތައުބާވެ އެކަނލާގެ ރަހްމަތަށް އެދުމަކީ މި މައްސަރުގެ ބޭނުން ކަމަށް ޝުއައިބް ބުނެފައިވެ އެވެ.
ޝުއައިބްއަކީ ބޮލީވުޑްގައި ހަރަކާތްތެރިވާ މުސްލިމް އެކްޓަރުންގެ ތެރެއިން ރަމަޟާން މަހުގެ އަޅުކަމުގައި ވަރަށް ހަރަކާތްތެރިކޮށް އުޅޭ އެކްޓަރެއް ކަން ފާހަގަ ކޮށްލެވެ އެވެ.
އޭނާގެ އަންހެނުން ދީޕިކާއަކީ ވެސް ޝުއައިބުއާ ކައިވެނި ކުރުމަށްފަހު ހިންދޫ ދީން ދޫކޮށް އިސްލާމްވެ އޭނާގެ ނަން ފާއިޒާއަށް ބަދަލުކުރި އެކްޓަރެކެވެ.
ޒާތީ މައުލޫމާތު ރައްކާތެރިކުރުމާ ގުޅޭ ބިލު ކޮމިޓީއަށް
ކަނޑުއޮޅިން ދަތުރުކުރާ އުޅަދުތަކުން 60 ދުވަހަށް ފީ ނުނަގާނެ
ސްޕެއިން ދިނީ ވަރުގަދަ ރައްދެއް، އުރުގުއޭ އަނެއްކާ ވެސް އެއްވަރު