ހުރިހާގެ ރޯދަ މަލާފަތް ސެގްމެންޓްގައި މިއަހަރު އަޅުގަނޑުމެން މި ގެނެސްދެނީ ދިވެހިންގެ އަމިއްލަވަންތަ ރަހަތަކެވެ. އިހު ދިވެހިންގެ ކެއުމުގައި ބޭނުންކުރި ބާވަތްތަކެވެ.
އެގޮތުން ގަބުޅި ބޯކިބާއަކީ ދިވެހިންގެ ހާއްސަ މުނާސަބަތުތަކުގައި ފޮނި ކެއުމަކަށް ބޭނުންކުރި ވަަރަށް އާއްމު ކެއުމެކެވެ. އެއީ ތައްޔާރު ކޮށްލަން ފަސޭހަ ކެއުމެއް ވެސްމެ އެވެ.
ބޭނުންވާ ތަކެތި
- 2 ޖޯޑު ގަބުޅި (ގާނާފައި)
- 1/2 1 ޖޯޑު ހަކުރު
- 1 ޖޯޑު ފުށް
- 2 ސައި ސަމުސާ ފިނިފެން
- 3 ސައި ސަމުސާ ފެން
- 3 ބިސް
ތައްޔާރު ކުރާނެ ގޮތް
- މިކްސްޗަރަކަށް ހަކުރުކޮޅު އެޅުމަށްފަހު ރަނގަޅަށް ހިމުން ވަންދެން ފުނޑާށެވެ.
- ހަކުރުކޮޅު ހިމުން ވުމުން އެހެން ތަށްޓެއްގައި ހަކުރުކޮޅާއި ބިސް އެއްކޮށްލުމަށްފަހު ގަބުޅި، ފުށް، ފިނިފެން އަދި ފެން އެއްކޮށް ރަނގަޅަށް ގިރާލާށެވެ.
- 300 ޑިގްރީއަށް އަވަން ޕްރީހީޓް ކުރުމަށްފަހު ޓްރޭއަކަށް ފުށްގަނޑު އަޅައި 45 މިނެޓު ވަންދެން ފިހެލާށެވެ.