މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވައިފި އެވެ.
އިސްތިއުފާ ދެއްވުމަށްފަހު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ނަރީޝް ވިދާޅުވީ ގައުމާއި ރައްޔިތުންނަށް އެހެން ހައިސިއްޔަތަކުން ހިދުމަތްކުރަން ފުރުސަތު ލިބުމާ ގުޅިގެން މާލެ ސިޓީ ކައުންސިލްގެ މާފަންނު މެދު ދާއިރާގެ ކައުންސިލް މެންބަރުކަމުންނާއި، މާލެ ސިޓީ ޑެޕިިއުޓީ މޭޔަރު ކަމުން މިއަދުން ފެށިގެން އިސްތިއުފާ ދީފައިވާ ކަމަށެވެ.
ނަރީޝް ފޮނުއްވި ސިޓީގައި އޭނާ އިސްތިއުފާ ދެއްވި ސަބަބެއް ބަޔާންކުރައްވާފައެއް ނެތެވެ. ސިޓީގައި މައިގަނޑު ގޮތެއްގައި ވަނީ ސިޓީ ކައުންސިލަށް އޭނާ އިންތިހާބު ކުރުމާއި އިންތިހާބުވި ދުވަހުން ފެށިގެން ގާތުން މަސައްކަތް ކުރެއްވި ބޭފުޅުންނަށް ޝުކުރު އަދާކުރައްވައިފަ އެވެ.
ނަރީޝް މާލޭގެ ޑެޕިއުޓީ މޭޔަރު ކަމަށް އިންތިހާބުކުރީ 19 ކައުންސިލަރުންގެ ތެރެއިން 12 ކައުންސިލަރުންގެ ވޯޓުންނެވެ.

މެންޓަލް ހެލްތް ރިސާޗް ކޮންފަރެންސްގެ ބޭންކިން ޕާޓްނަރަކީ މިއީ
ރޯދަ މަލާފަތް: ފެންފޮޅި ތައްޔާރު ކުރަން ފަސޭހަ ވެފައި އެހާ މީރު!
އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ކަމަށް ރިފްއަތު އައްޔަންކޮށްފި