ބޮލީވުޑްގެ އަރަމުން އަންނަ ޒުވާން ތަރި ސާރާ އަލީ ޚާންގެ މާލީ ކަންކަން އަދިވެސް ބަލަހައްޓަނީ އޭނާގެ މަންމަ އަމްރިތާ ސިންހް ކަމަށް އޭނާ ބުނެފި އެވެ.
ޓައިމްސް ނައު ސަމިޓް 2025 ގައި ވާހަކަ ދައްކަމުން ސާރާ ބުނީ މާލީ ކަންކަމުގައި އޭނާއަކީ ވަރަށް ވިސްނައިގެން އުޅޭ މީހެއް ކަމަށާއި އެހެންކަމުން އެކަން ހަވާލު ކޮށްފައިވާނީ އޭނާގެ މަންމައާ ކަމަށެވެ.
އެގޮތުން އޭނާގެ ޖީޕޭ އެކައުންޓް ވެސް އަމްރިތާގެ އެކައުންޓްއާ ލިންކު ކުރެވިފައިވާނެ ކަމަށާއި އޭނާގެ ހުރިހާ ހަރަދެއްގެ ތަފްސީލް މަންމައަށް އެނގޭނެ ކަމަށް ވެސް ސާރާ ބުންޏެވެ.
ސާރާ އިތުރަށް ބުނީ ބޭކާރު ގޮތުގައި ފައިސާ ހަރަދު ކުރުމަކީ އޭނާ ކުރާ ހިތްވާ ކަމެއް ނޫން ކަމަށާއި އެހެންވެ އެއްވެސް ކަމެއް މަންމަގެ އާނބަސް ނެތި ނުކުރާ ކަމަށެވެ.
"ބޭކާރު ގޮތުގައި ފައިސާ ތެޅުމަކީ އަހަރެން ކުރާ ކަމެއް ނޫން. އެކަމަކު ކޮންމެވެސް ވަރަކަށް ހަރަދު ކުރަން. އެކަމަށް ފައިސާ އެއް ކުރުމަށްފަހު"
ސާރާއަކީ ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސައިފް އަލީ ޚާންއާއި އޭނާގެ އެންމެ ފުރަތަމަ އަންހެނުން އަމްރިތާ ސިންހްގެ ކައިވެންޏަށް ލިބުނު ދެވަނަ ދަރިފުޅެވެ.