އާޓިފިޝަލް އަލިގަދަ ތަންތަނުގައި ދިރިއުޅުމަކީ ހިތުގެ ބައްޔަށް މަގުފަހިވާ ކަމެއް ކަމަށް ސައިންސްވެރިން ހެދި ދިރާސާއަކުން ދައްކައިފި އެވެ.
އޮސްޓްރޭލިއާގެ ވިކްޓާ ޗޭންގް ކާޑިއެކް ރިސާޗް އިންސްޓިޓިއުޓްއިން ނެރެފައިވާ އެ ދިރާސާގައި ބުނެފައިވަނީ ރޭގަނޑު ގަޑީގައި އާޓިފިޝަލް އަލި ގިނަ ތަންތަނުގައި އުޅޭނަމަ ހާޓް އެޓޭކްއާއި އެ ނޫން ވެސް ހިތުގެ ބަލިތަކަށް ހުށައެޅޭ ކަމަށެވެ.
"އަޑުގަދަ ތަންތަނެކޭ އެއްގޮތަށް އަލިގަދަ ތަންތަނުގައި ދިރިއުޅުމަކީ ވެސް ހިތުގެ ހިނގުމަށް ބަދަލު އަންނަ ކަމެއް،" އެ އިންސްޓިޓިއުޓްގެ ޑައިރެކްޓަރު ޖޭސަން ކޮވެސިކް ވިދާޅުވި އެވެ.
ހަމައެއާއެކު ހެދުނު ހޭލައިގެން ކަސްރަތު ކޮއްލައިގެން އޮފީހަށްދާ މީހާގެ މޫނުމަތިން އުފާވެރިކަމާއި ހިތްހަމަޖެހުމާއި ތާޒާކަން ފެންނާނެ އެވެ. އެ ދުވަހެއްގައި އެމީހަކު މަސައްކަތް ކުރާނީ ވަރަށް ވެސް ހަމަޖެހިލައިގެން ހިތް ހަމަޖެހުމާއެކު އެވެ.
މީ ގެއިތުރުން މީހާ ދުޅަހެޔޮކޮށް ރީތި ހުރުމަށްވެސް އެންމެބޮޑަށް ކަސްރަތުން އެހީ ފޯރުވައިދޭ އެއްވަގުތަކީ ހެނދުނެވެ. ހެނދުނުގެ ވަގުތު އިރުގެ ދޯދިތތަކުން ލިބޭ ވިޓަމިން ޑީ އަކީ ހަންގަނޑުގެ ދުޅަހެޔޮ ކަމަށް މުހިއްމު މާއްދާ އެކެވެ.
އެހެންކަމުން މިއަދު އަޅުގަނޑުމެން އާދަޔަކަށް ހަދަންވީ ހެނދުނު ހޭލައިގެން އޮފީހަށް ދިއުމުގެ ކުރިން ކަސްރަތު ކުރުމަށެވެ. ދުވަސް ފަށައިގަތުމުގެ ކުރިން ހަރަކާތްތެރިވެ ރަނގަޅު ނާސްތާއެއް ވެސް ކުރާށެވެ.