ކޮވިޑް-19 ޖެހިގެން ރާއްޖެއިން 67 ވަނަ މީހަކު މަރުވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އައިޖީއެމްއެޗްގެ އިމަޖެންސީ ރޫމަށް މިއަދު 12:27ގައި ގެނައި މީހަކު 12:35ގައި މަރުވެފައިވާ ކަމަށެވެ.

މަރުވެފައި ވަނީ އުމުރުން 66 އަހަރުގެ ފިރިހެނެއް ކަމަށާއި އެ މީހާ ހޮސްޕިޓަލަށް ގެނައި އިރުވެސް ހަރަކާތެއް ނެތް ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

މިއީ މި މަހުގެ ތެރޭގައި ކޮވިޑް ޖެހިގެން މަރުވި ހަތަރު ވަނަ މީހާ އެވެ.

ކޮވިޑްގެ ކޭސްތައް މާލެއެކޭ އެއްގޮތަށް އަތޮޅުތެރޭގެ ބައެއް ރަށްރަށުގައި ވެސް އަންނަނީ އިތުރުވަމުންނެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިފައި ވަނީ ޖުމްލަ 22،513 މީހުންނަށެވެ. އެކްޓިވް ކޭސްގެ އަދަދު 2،436 ގައި މިހާރު ހުރިއިރު 20،004 މީހުން ވަނީ މިހާތަނަށް މިބަލިން ރަނގަޅުވެފަ އެވެ