މާބަނޑު ދުވަސްވަރަކީ ދިރިއުޅުމުގެ ގިނަ ކަންކަމަށް ބަދަލު އަންނަ ދުވަސްވަރަކަށް ވާއިރު ހެދުން އެޅުމަކީ ވެސް ބަލިވެ އިންނަ އަންހެނަކަށް މުހިއްމު ކަމެކެވެ.

ހެދުން އެޅުމުގައި ބޭނުންކުރާ ހެދުންތަކުގެ ސަބަބުން އާއްމު ދިރިއުޅުމަށް ފަސޭހަތަކެއް ނުވަތަ އުނދަގޫތަކެއް ކުރިމަތިވާއިރު މާބަނޑު ދުވަސްވަރު މިކަމަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމަށް ފެޝަން ސްޓައިލިސްޓުންނާއި ސިއްހީ މާހިރުން ވެސް ބުނެ އެވެ.

އެންމެ މުހިއްމު ކަމަކީ ފަސޭހައާއި އަރާމު

މާބަނޑު ދުވަސްވަރު ހެދުން އެޅުމުގައި ވިސްނަންވާނެ

މާބަނޑު ދުވަސްވަރު ހެދުން އެޅުމުގައި އެންމެ އިސްކަމެއް ދޭންވާނީ އެ ހެދުމެއް ލައިގެން އުޅެން އުނދަގޫ ނޫން ގަޔަށް ފަސޭހަ އަދި އަރާމު ހެދުންތަކަށެވެ.

އެގޮތުން ހެދުންތަކުގެ ފޮތި ޚިޔާރު ކުރުމުގައި ހޫނު ނުހިފާ ފޮއްޗާއި ގަޔަށް ދޫ ކޮށް ހުންނަ ކަހަލަ ފޮތި ޚިޔާރު ކުރުން ވަރަށް މުހިއްމެވެ.

ޑެނިމް: އެފަދަ ދެވަނައެއް ނެތް!

މާބަނޑު ދުވަސްވަރު ހެދުން އެޅުމުގައި ވިސްނަންވާނެ

ޑެނިމްއަކީ އާއްމު ދިރިއުޅުމުގައި ވެސް ގިނަ ބަޔަކު އެ ފެޝަންއަކަށް ލޯބިކުރާ އޭގެ މަތިން ފޫހި ނުވި ފެޝަންއެއް ކަމުގައި ބުނެވިދާނެ އެވެ.

މާބަނޑު ދުވަސްވަރު ވެސް ޑެނިމް ފޮތީގެ ޖިންސާއި ޖަމްޕްސޫޓް ފަދަ އައުޓްފިޓްތައް ބޭނުން ކުރުމަކީ އެންމެ ފަހުގެ މެޓާނިޓީ ފެޝަން އެވެ.

ލޭޔަރިންއަށް ވިސްނަންވާނެ!

މާބަނޑު ދުވަސްވަރު ހެދުން އެޅުމުގައި ވިސްނަންވާނެ

ހެދުން އެޅުމުގައި ލޭޔާ ކުރުމޭ ބުނެވެނީ އެއް ހެދުން މަތިން އަނެއް ހެދުން ލުމަށެވެ. މިކަމުގައި އެކި ކަހަލަ އައުޓްފިޓްތައް ބޭނުން ކުރެވެ އެވެ. އެންމެ އާއްމުކޮށް ބޭނުން ކުރެވެނީ ގަމީސް ނުވަތަ ޓީޝާޓާއެކު އޭގެ މަތިން ލާ ކޯޓު ނުވަތަ ޖެކެޓެވެ.

މާބަނޑު ދުވަސްވަރު ހެދުން އެޅުމުގައި އިތުރު "ލޭޔާ" ބޭނުން ކުރުމަކީ އެ ދުވަސްވަރު އިތުރުވާ ބަރުދަން ފޮރުވަން ގިނަ އަންހެނުން ބޭނުންކުރާ އުކުޅެކެވެ. އެހެން ނަމަވެސް ލޭޔާ ކުރުމުގައި ވެސް މާ ހޫނުގަދަ ނުވާ ގޮތަށް ލޭޔާ ކުރުން މުހިއްމެވެ.

ފައިވާނަށް ވެސް ސަމާލުކަން ދޭންވާނެ!

ބަލިވެ އިންނައިރު ފައިގެ ސިއްހަތަށް ހާއްސަ ސަމާލުކަމެއް ދޭން ސިއްހީ މާހިރުން ވެސް ލަފާދެ އެވެ. ސަބަބަކީ އިތުރުވަމުން އަންނަ ބަރުދަނާއެކު ދެ ފަޔަށް ބާރުބޮޑު ވާނެތީ އެވެ.

އެހެން ކަމުން ފައިވާނެއް ހިޔާރު ކުރުމުގައި ވެސް އަރައިގެން ހިނގަން ފަސޭހަ ފައިވާނެއް ހިޔާރު ކުރުން މުހިއްމެވެ. އެންމެ ރަނގަޅީ "ފްލެޓްސް" ބޫޓެވެ. މިއީ އަރަން ވެސް ފަސޭހަ، އެއާއެކު ހިނގަން ވެސް އެހާމެ ފަސޭހަ ބޫޓެކެވެ.

މާބަނޑުއިރު ހެދުން އެޅުމުގައި ބޭނުންކުރާ އެންމެ ފަހުގެ ފެޝަން އައިޓަމްސް މެންގޯ މޯލްޑިވްސްއިން ލިބެން ހުންނާނެ އެވެ.