އެއްބަފާ ކޮއްކޮ އާލިއާ ބަޓްއަކީ އަމިއްލަ ދައްތަ ޕޫޖާ ބަޓްއާ އަޅާކިޔާއިރު "ސުމެއް"ގެ މީހެއްގެ ގޮތުގައި ރާހުލް ބަޓް ސިފަ ކޮށްފި އެވެ.
މި ގޮތަށް ރާހުލް ވާހަކަ ދައްކާފައިވަނީ ދާދި ފަހުން ދިން އިންޓަވިއުއެއްގައި އާލިއާއާ ބެހޭގޮތުން ސުވާލު ކުރުމުން ދިން ޖަވާބުގަ އެވެ.
ރާހުލް ބުނެފައިވަނީ އެކްޓިންއަށް ބެލިކަމުގައި ވިޔަސް ނުވަތަ ބުރުސޫރައަށް ބެލި ކަމުގައި ވިޔަސް އާލިއާއާއި ޕޫޖާ ހަމަހަމަ ނުކުރެވޭޭނެ ކަމަށެވެ.
"އަހަރެންގެ ނަޒަރުގައި އޭނާއަކީ (އާލިއާއަކީ) އަހަރެންގެ ދައްތަ ޕޫޖާއާ ދެބައިކުޅަ އެއްބަޔަށް ވެސް އަރާ ހަަމަކުރެވޭނެ މީހެއް ނޫން" ރާހުލް ބުންޏެވެ.
ރާހުލްގެ މި ވާހަކަތަކާއެކު ލޭގެ ގުޅުމުގައި އަޅާކިޔުންތައް ގެންގުޅޭ ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި އޭނާއަށް ފާޑުކިޔަމުންނެވެ.
ރާހުލްއާއި ޕޫޖާގެ އިތުރުން އާލިއާއަކީ ވެސް ބޮލީވުޑްގެ މަޝްހޫރު ޕްރޮޑިއުސަރު މަހޭޝް ބަޓްގެ ދަރިންނެވެ. އޭގެ ތެރެއިން ރާހުލްއާއި ޕޫޖާއަކީ އެއް ބަނޑު އެއްބަފާ ދެބެއިންނަށް ވާއިރު އާލިއާއަކީ އެމީހުންގެ އެއްބަފާ ކޮއްކޮ އެވެ.