ހޮލީވުޑްގެ މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ސޯން ކޯމްބްސް ޑިޑީއަށް ކުރެވިފައިވާ އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާގައި އިއުތިރާފުގެ އެއްބަސްވުމަކަށް އަންނަން އޭނާ ދެކޮޅު ހަދައިފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި ޑިޑީގެ ދިފާއީ ވަކީލުން ހުށައެޅި އިއުތިރާފުގެ އެއްބަސްވުމަށް ދެކޮޅު ހެދިންތޯ ފަނޑިޔާރު ސުވާލު ކުރުމުން ޑިޑީ ވަނީ އެކަން ޔަގީން ކޮށްދީފަ އެވެ.
އިއުތިރާފުގެ އެއްބަސްވުމަށް ޑިޑީ ދެކޮޅު ހެދުމުން ޝަރީއަތުގެ ކުރިއަށްހުރި މަރުހަލާތައް އޭނާގެ މައްސަލަ ގެންދާނެ ކަމަށް ހަބަރުތައް ބުނެ އެވެ.
ޑިޑީގެ މި ނިންމުމާއެކު އޭނާއަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އަތުވެދާނެ ކަމަށް ވެސް ބައެއް ފަރާތްތަކުން ބުނެ އެވެ. އެހެން ނަމަވެސް އިއުތިރާފްގެ އެއްބަސްވުން ގަބޫލު ކުރިނަމަ އެ ހުކުމް ކުޑަ ކުރެވުނީހެވެ.
ޑިޑީއާ ދެކޮޅަށް އުފުލިފައިވާ ދައުވާގައި ބުނެފައިވަނީ އޭނާގެ ވިޔަފާރިއާއި ނުފޫޒު ބޭނުން ކޮށްގެން އޭނާއާއެކު މަސައްކަތްކުރި ފަރާތްތަކަށް ޖިންސީ ގޯނާ ކުރި ކަމަށެވެ.
އެ މައްސަލާގައި ޑިޑީގެ މައްޗަށް ޖުމްލަ ފަސް ދައުވާއެއް އުފުލިފައިވާއިރު އެ ހުރިހާ ދައުވާއެއް ސާބިތު ކުރެވޭ ވަރަށް ހެކި އެބަހުރި ކަމަށް މައްސަލަ ހުށައެޅި ވަކީލުން ބުނެ އެވެ.
ޑިޑީގެ ޝަރީއަތް ކުރިއަށްދާއިރު މިހާރު ވެސް އޭނާ ހުރީ ޖަލު ބަންދުގަ އެވެ. އަޑުއެހުންތަކަށް އޭނާ ހާޒިރުވަނީ ޖަލު ހެދުމުގައި ސެކިއުރިޓީއާއެކުގަ އެވެ.
ސައުތު އެފްރިކާ ބަލިކޮށް ކެނެޑާ ގަދަ 16 އަށް
ލޮލުގެ މައްސަލައެއްތަ؟ ނޫނީ ސިކުނޑިން ދޭ އިންޒާރެއްތަ؟
ޕްރައިމް ވީޑިއޯގެ "އެވްރީ އިޔާ އާފްޓާ"ގެ ދެވަނަ ސީޒަނެއް!