އިންޑިޔާގައި ކުރިއަށް ގެންދިޔަ މިއުޒިކް ރިއަލިޓީ ޝޯ "ބެޓަލް އޮފް ދަ ބޭންޑްސް"ގެ ތިން ވަނަ ރާއްޖޭގެ "ޓޫ އޮފް އަސް އިން ހޯދައިފި އެވެ.

އެކި ގައުމުތަކުގެ މިއުޒިކް ބޭންޑުތަކުން ބައިވެރިވެގެން ކުރިއަށްގެންދާ މި ޝޯގައި "ޓޫ އޮފް އަސް" އިން ވަނީ ފަހުރުވެރި ކާމިޔާބީތަކެއް ހޯދާފަ އެވެ.

މި މުބާރާތުގައި "ޓޫ އޮފްއަސް" އިން ހުށަހަޅާދިން ހުރިހާ ހުށަހެޅުންތަކަކީ ވެސް ޖަޖުންނާއި އާންމުން އާޝޯހު ކުރުވި ހިތްގައިމު ހުށަހެޅުންތަކެކެވެ. ދުނިޔޭގެ ފެންވަރުގައި މަޝްހޫރު ލަވަކިޔުންތެރިންނާއި މިއުޒިކް އުފެއްދުންތެރިން/ޖަޖުން އެ ހުށަހެޅުންތަކަށް ތައުރީފު ކޮށްފައި ވެ އެވެ.

https://vt.tiktok.com/ZShjSkKyJ/

12 ބޭންޑަކުން ބައިވެރިވި މި މުބާރާތުގައި މިއަދު އޮތް ފައިނަލުގައި ވެސް ޓޫ އޮފް އަސްއިން ވަނީ ތަފާތު ރީތި ހުށަހެޅުމެއް ހުށަހަޅާދީފަ އެވެ. މިއަދު ހުށަހަޅާފައި ވަނީ "އެހެރީ ދިވެހި ނިޝާން" ލަވަ އެވެ. މި ލަވައިގެ އަސްލު ހިންދީ ލަވައާ އެއްކޮށް ގެނެސްދިން ލަވަ އާއި ހުށަހެޅުމަށް ޖަޖުން ވަރަށް ބޮޑަށް ތައުރީފް ކުރި އެވެ.

ފައިނަލުގައި ވާދަކުރި 5 ބޭންޑުގެ ތެރެއިން ދިވެހި ބޭންޑު ކާމިޔާބު ކޮށްފައި ވަނީ މުބާރާތުގެ 3 ވަނަ އެވެ. މި މުބާރާތުގެ ފަހުރުވެރި އެއްވަނަ ކާމިޔާބުކުރީ މޮރިޝަސްގެ ބޭންޑު "އެބަނެޒް"އެވެ. އަދި ދެވަނަ ހޯދާފައި ވަނީ އަވަށްޓެރި ސްރީލަންކާގެ ބޭންޑު"ނައިޓްސް"އިންނެވެ.

މި ކާމިޔާބީއާ ގުޅިގެން ޓޫއޮފްއަސްއިން ނެރުނު ބަޔާނެއްގައި ބުނީ، މުބާރާތުން ލިބުނު ކާމިޔާބީއަކީ ދިވެހި ގައުމަށް ހޯދައިދިން ކާމިޔާބީއެއް ކަމަށެވެ. އެ ކާމިޔާބީގެ ހަގީގީ ހައްގުވެރިންނަކީ މިއަދާ ހަމައަށް "ޓޫ އޮފް އަސް"އާ އެކު ދެމިތިބި އެ ބޭންޑުގެ ސަޕޯޓަރުން ކަމަށެވެ. މިއާއެކު ދިވެހީންގެ ފަރާތުން ލިބެމުން އައި ލޯތްބާއި ތަރުހީބަކީ ގްރޭންޑް ފިނާލޭއިން ޖާގަ ކަށަވަރު ކުރުމަށް ލިބުނު އެންމެ ބޮޑު ހިތްވަރު ކަމަށް އެ ބޭންޑުން ބުންޏެވެ.

މިއީ ބައިނަލްއަގުވާމީ ޕްލެޓްފޯމެއްގައި ދިވެހި ބޭންޑެއް ބައިވެރިވި ފުރަތަމަ ފަހަރެވެ. މިފަދަ މުބާރާތެއްގައި ހުނަރުވެރި ފަސް ދިވެހިންގެ ފަރާތުން ތަފާތު ހުށަހެޅުންތަކެއް ހުށަހަޅާދިން އިރު މުބާރާތް ނިންމާލީވެސް ދިވެހިން ފަހުރުވެރިވާނެ ފަދަ ވަނައަކާއެކު އެވެ.