މަޝްހޫރު ކާޑޭޝަން އާއިލާގެ އެންމެންގެ މަންމަ ކްރިސް ޖެނާގެ މޫނަށް އައިސްފައިވާ ބަދަލުތަކާއެކު އޭނާ ޕްލާސްޓިކް ސާޖަރީ ހެދި ކަމަށް އަޑުތައް އަރައިފި އެވެ.
މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ އުމުރުން 69 އަހަރުގެ ކްރިސްގެ ފޮޓޯތަކުގައި އޭނާ ފެންނަނީ އޭނާގެ އުމުރަށް ވުރެ ޒުވާންކޮށެވެ.
އޭގެ އިތުރުން އޭނާގެ ކުރީގެ ފޮޓޯތަކާ އަޅާކިޔާއިރު މޫނުގެ ސިފައަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް އައިސްފައިވާކަން ފާހަގަ ކުރެވެ އެވެ.
އެގޮތުން މޫނުގައި ހުރި ރޫތައް ފިލައި މޫނު ހަންގަނޑު ވެސް ކުރިއަށްވުރެ ވާންވެފައިވާކަން ސޯޝަލް މީޑިއާ ބޭނުންކުރާ ފަރާތްތަކުން ފާހަގަކުރި އެވެ.
އެހެން ކަމުން ކްރިސް ވަނީ މޫނުގެ މަސަލް ޝިފްޓް ސާޖަރީއެއް ހަދާފައި ކަމަށް ކޮސްމެޓިކް ދާއިރާގެ މާހިރުން އަންނަނީ ބުނަމުންނެވެ.
ކްރިސްގެ މޫނަށް މިއައި ބޮޑު ބަދަލާއެކު އޭނާގެ 44 އަހަރުގެ ދަރިފުޅު ކިމް ކާޑޭޝަންއަށް ވުރެ ވެސް ޒުވާން ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.
މީގެ ކުރިން ވެސް ކްރިސް މޫނުގެ ޕްލާސްޓިކް ސާޖަރީއެއް ހަދާފައިވާއިރު ޒުވާން ވާން ގިނަ މަސައްކަތްތަކެއް ކުރާތީ އާއްމުން އޭނާއަށް ފާޑުކިޔަމުން ވެސްދެ އެވެ.