ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި މީހުންގެ ތެރެއިން މިހާތަނަށް ނުވަ މީހަކު ފައިގައި ޓެގު އެޅުވުމަށް ފަހު ދޫކޮށްލާފައިފި އެވެ.
ބައެއް މީހުންގެ ފައިގައި ޓެގް އެޅުވުމަށްފަހު ދޫކޮށްލަން ފެށީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެވެ.
ޕީޖީ އޮފީހުން ބުނީ އިލެކްޓްރޯނިކް މޮނިޓަރިން ނުވަތަ ޓެގު އެޅުވުމަށްފަހު ބަންދުން ދޫކޮށްލަން ޖުމްލަ 121 މީހަކު ވަނީ އެދިފައި ކަމަށެވެ. އޭގެ ތެރެއިން ނުވަ މީހަކު މިހާރު ވަނީ ޓެގު އެޅުވުމަށް ފަހު ދޫކޮށްލާފައި ކަމަށް އެ އޮފީހުން ބުންޏެވެ.
އެސެސްމަންޓް ހެދުމަށް ފަހު 20 މީހެއްގެ ބަންދަށް ލުއި ނުދޭން ނިންމާފައިވާ ކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ.
އެ އޮފީހުން ބުނީ ބާކީ 92 މީހުން މުޖުތަމައަށް ނުރައްކާ އޮތް މިންވަރު ބެލުމަށް ފުލުހުން ހަދަން ޖެހޭ އެސެސްމަންޓް ދަނީ ހަދަމުން ކަމަށެވެ.
މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، ޓެގް އަޅުވާފައި ދޫކޮށްލާފައި ވަނީ މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދައުވާ އުފުލާފައިވާތީ، ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި މީހުންނެވެ.
ޕީޖީ އޮފީހުން ބުނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކާއި މަރުގެ މައްސަލަތަކާއި ޓެރަރިޒަމްގެ ބޮޑެތި މައްސަލަތަކާއި މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ބޮޑެތި މައްސަލަތަކުގައި ހިމެނޭ މީހުންގެ ބަންދަށް ލިޔެއް ނުދެވޭނެ ކަމަށެވެ.