ދިރާގު ޕްރިޕެއިޑް ކަސްޓަމަރުން ދިރާގު ޑިޖިޓަލް ޗެނަލެއް މެދުވެރިކޮށް ރީލޯޑުކުރުމުން 15 ޕަސެންޓާއި ހަމައަށް ހިލޭ ބޯނަސް ކްރެޑިޓް ދޭ އޮފާއެއް ތައާރަފްކޮށްފި އެވެ.
މި އޮފާއިން ދިރާގު އެޕާއި މައިއެކައުންޓް ނުވަތަ ދިރާގު ވެބްސައިޓް މެދުވެރިކޮށް 100ރ. އިން ފެށިގެން 500ރ. އާ ހަމައަށް ރީލޯޑުކުރާ ކަސްޓަމަރުންނަށް ހިލޭ ބޯނަސް ކްރެޑިޓް ލިބޭނެ އެވެ. އެގޮތުން 100ރ. ރީލޯޑުކޮށްގެން 10 ޕަސެންޓުގެ ބޯނަސް ކްރެޑިޓާ އެކު ޖުމްލަ 110ރ. ލިބޭނެ އެވެ. އަދި 200ރ. ރީލޯޑުކޮށްގެން 13 ޕަސެންޓު ބޯނަސް ކްރެޑިޓާ އެކު ޖުމްލަ 225ރ. ލިބޭނެ އެވެ. އަދި 500ރ. ރީލޯޑުކޮށްގެން 15 ޕަސެންޓުގެ ބޯނަސް ކްރެޑިޓާ އެކު ޖުމްލަ 575ރ. ލިބޭނެ އެވެ.
އެ ލިމިޓެޑް ޓައިމް އޮފާއަކީ ޗެޓް ކުރުމާއި ބްރައުސް ކުރުމަށް ނުވަތަ ސްޓްރީމް ކުރުން ފަދަ ކަސްޓަމަރުންގެ އެކި ބޭނުންތަކަށް ލިބޭ ވަރަށް އަގުހުރި އޮފާއެއް ކަމަށް ދިރާގުން ސިފަކުރެ އެވެ. އަދި އެ އޮފާތަކަކީ ކޮންމެ ތަނެއްގައި، ކޮންމެ ވަގުތެއްގައި ވެސް ޑިޖިޓަލީ އެކްޓިވޭޓް ކުރެވޭނެ އޮފާތަކެއް ކަމަށް ދިރާގުން ބުންޏެވެ.
200 މެޗު، 6 ވޯލްޑް ކަޕް އަދި 16 ގޯލު: މެސީއަށް އެތައް ރެކޯޑެއް!
"ކަނޑުއޮޅިން ދަތުރުކުރާއިރު ފީ ނަގާނީ ދާ ހިދުމަތަށް އެކަނި"
ކަނޑުއޮޅި ހުޅުވާލައި، އެމެރިކާގެ ބްލޮކޭޑް ވަގުތުން އުވާލަނީ
