މިދިޔަ 24 ގަނޑިއިރުގެ ތެރޭގައި ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ 88 މީހަކު ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

މާލެއިން ސަރަހައްދުން ބައްޔަށް ޕޮޒިޓިވް ވެފައިވަނީ 37 މީހެކެވެ. އަތޮޅުތެރެއިން ބައްޔަށް ޕޮޒިޓިވް ވެފައިވަނީ 31 މީހަކާއި އޮޕަރޭޝަނުގައި ހުރި ރިސޯޓުތަކުން 20 މީހުން ކަމަށެވެ.

މިދިޔަ ސައުވީސް ގަނޑިއިރުގެ ތެރޭގައި 88 މީހަކު ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު މިދިޔަ 24 ގަނޑިއިރުގެ ތެރޭގައި 153 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ.

ކޮވިޑް ބަލިން ފަސޭހަވި މީހުންގެ ޖުމްލަ އަދަދަކީ 22،429 އެވެ. މިހާރު ރާއްޖޭގައި ކޮވިޑް ބައްޔަށް ފަރުވާދެމުން އަންނަނީ 3،019 މީހަކަށެވެ. އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ގެންދަނީ 78 މީހަކަށެވެ.