ރަޝިއާ-ޔޫކްރެއިން ހަނގުރާމަ ހުއްޓާލަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރަޝިއާއަށް 50 ދުވަހުގެ މުއްދަތެއް ދީފި އެވެ.
ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އަދިވެސް ވާސިލުވެވިފައިނުވާތީ އެކަމާ ފާޑުކިޔުން އަމާޒުކުރައްވާ، ޓްރަމްޕް ވަނީ ރަޝިއާއިން ހަނގުރާމަ ނުހުއްޓައިފި ނަމަ، އެގައުމަށް އިގްތިސާދީ ގޮތުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ދެއްވާފަ އެވެ.
ޓްރަމްޕް ވިދާޅުވީ ރަޝިއާގެ ރައީސް ވްލަދްމީރް ޕުޓިން އާއެކު މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް ރޭގަނޑު ޔޫކްރެއިން އަށް އަޅަނީ ބޮން ކަމަށެވެ.
އެހެންކަމުން ޓްރަމްޕް ވަނީ ހަނގުރާމަ ހުއްޓާލާ، ސުލްހަ ގާއިމުކުރުމަށް ރަޝިއާއަށް 50 ދުވަހުގެ މުއްދަތެއް ދީފަ އެވެ. މި މުއްދަތުގައި ހަނގުރާމަ ހުއްޓާ ނުލައިފިނަމަ ޓެރިފް ބޮޑު ކުރާނެ ކަމަށާއި، ދުނިޔޭގެ މާކެޓުން ރަޝިއާ އެކަހެރި ކުރާނެ ކަމަށް ވެސް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ.
މެދުކެނޑުމަކަށްފަހު ސަލްމާން "ބިގްބޮސް"އަށް!
ދިރާގު ޕޭ ކަސްޓަމަރުންނަށް 1 ރުފިޔާއަށް ޕިއްޒާއެއް
އުރުގުއޭ ފުއްދާލަން ޖެހުނީ ޕޮއިންޓަކުން
ތިގޮތަށް އިޒުރޭލް އަށް ދަތި ނުކުރާތީ ސަކަރާތް.