އަލަށް އިންތިހާބުވި ކައުންސިލަރުން ހުވާކުރާނީ ކުޑަ އީދު ބަންދަށް ފަހު ސަރުކާރު ހުޅުވާ ހަފްތާގައި ކަމަށް ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން މިއަދު ބުނެފި އެވެ.
ރާއްޖޭގެ ނޫހަކަށް މައުލޫމާތު ދެއްވަމުން އެލްޖީއޭއިން ބުނީ، ކައުންސިލަރުން ހުވާކުރުމަށް ހަމަޖައްސާފައިވާ ވަގުތީ ތާރީހަކީ މެއި މަހުގެ 18 ވަނަ ދުވަސް ކަމަށާއި މިއަދު ބާއްވާ އެލްޖީއޭގެ ބޯޑު ބައްދަލުވުމުގެ ތެރެއިން ކައުންސިލަރުން ހުވާކުރާނެ ފައިނަލް ޑޭޓް ކަނޑައެޅިގެންދާނެ ކަމަށެވެ.
މީގެ ކުރީގެދައުރުތަކުގައި އެކި ކައުންސިލަރުން ހުވާކުރީ އެކި ތާރީހުތަކުގައި އެވެ، ނަމަވެސް ކުރިއަށް އޮތް ދައުރަށް ހުރިހާ ކައުންސިލަރުން ހުވާކުރާނީ އެއް ދުވަހަކު އެވެ،
ލޯކަން ކައުންސިލް އިންތިހާބުގެ ވަގުތީ ނާތީޖާ އިއުލާންކޮށް ނިމޭނީ މާދަމާ އެވެ. މިހާތަނަށް އާންމު ކޮށްފައިވާ ވަގުތީ ނަތީޖާ ދައްކާގޮތުން އިންތިހާބުގެ ކުރީގައި އޮތީ އެމްޑީޕީ އެވެ. ނަމަވެސް އެ ޕާޓީއަށް ވަނީ މީގެ ކުރިން މެޖޯރިޓީ އޮތް ސިޓީޓަތަކުން ނާކާމިޔާބާ ކުރިމަތިލާން ޖެހިފަ އެވެ.
ތޫފާން "ޑިޓުވާ" ދަތުރު ކުރަމުންދަނީ ރާއްޖެއާ ދުރަށް: މެޓް އޮފީސް
ދިރާގުން ދޭ ދެ ސްޕީޑްބޯޓް ހޯދަން ބާކީ ދެ ދުވަސް
ކަސްރަތު ކުރަން ކަންނެތް ވޭތަ؟ މިކަންކަން ކޮށްލާ!