ކަސްރަތު ކުރުމަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ޒަރޫރީ ކަމެކެވެ. ކަސްރަތުގެ ސަބަބުން ދިރިއުޅުމުގެ ފެންވަރު އެތައް ތަނެއް ރަނގަޅުވާއިރު ކުރެވޭ ކަސްރަތުގެ ފައިދާތަކަށް ވެސް ވިސްނާލުން މުހިއްމެވެ.
އެގޮތުން އެކި ކަސްރަތުތަކުން ހަށިގަނޑަށް ކުރާ ފައިދާތައް ތަފާތު ކަމަށް ސިއްހީ މާހިރުން ވަނީ ބުނެފަ އެވެ. ތިރީގައި މި ބަލާލަނީ އާއްމުކޮށް ކޮށްއުޅޭ ތަފާތު ކަސްރަތުތަކުން ލިބޭ ފައިދާތަކަށެވެ.
1. ކޯބްރާ
ބަންޑުން އޮށޯވެ ބިންމަތީގައި އަތް ވިއްދާލުމަށްފަހު މަތީ ހަށިގަނޑު އިދިފުށަށް ދަމާލައި ހިއްލާލުމަށް ކިޔަނީ ކޯބްރާ ކަސްރަތެވެ. މި ކަސްރަތު ދުވާލަކު ދެ މިނެޓު ވަންދެން ކުރާނަމަ ބުރަކަށީގެ ތަދުތަކަށް ލުއި ލިބެ އެވެ.
2. ޗައިލްޑް
އުޑުފައިން އިށީނުމަށްފަހު ދެ އަތާއެކު ހަށިގަނޑުގެ މަތީބައި ކުރިއަށް ދަމާލައި ބިންމަތީގައި ޖައްސައިގެން ކުރާ މި ކަސްރަތުން މައިބަދައަށް އަރާމު ލިބި މައިބަދައަށް ކުރިމަތިވާ މައްސަލަތަކުން ދުރުކޮށްދެ އެވެ.
3. ޕްލޭންކް
މިއީ ބަންޑުން އޮށޯތުމަށްފަހު ފައިގެ އިނގިލިތަކުގެ ކޮޅާއި ދެ އަތްތިލައިގެ ބާރުގައި މުޅި ހަށިގަނޑު ކުޑަކޮށް ހިއްލާލައިގެން ކުރާ ކަސްރަތެކެވެ. މި ކަސްރަތުން މައިބަދަ ތެދުކޮށްދީ މަސްތަކުގެ ބާރު ގަދަކޮށްދެ އެވެ.
4. ޑައުންވާޑް ޑޯގް
ކޮޅަށް ހުރެ ކުރިއަށްވާ ގޮތަށް ގުދުވެ ދެ އަތާއި ފައިތިލައިގެ ބާރުގައި ހުރުމަށް ކިޔަނީ ޑައުންވާޑް ޑޯގް އެވެ. މި ކަސްރަތުން ހަށިގަނޑުގައި ލޭ ދައުރުވުން ރަނގަޅު ކޮށްދެ އެވެ.
ފަރަށް އެރި ބޯޓުން ގެއްލުނު މީހާ މަރުވެފައި އޮއްވާ ފެނިއްޖެ
ރައީސް ރަސްމާލެ ހިއްކުން ކުރިއަށް ދާގޮތް ބައްލަވައިލައްވައިފި
"ދާއިމީ ހައްލު ގެނެސް މިއަދު ހަވީރު ފުވައްމުލަކަށް ފެން ލިބޭނެ"