ނުރައްކާތެރި މިންވަރަށް ކެމިކަލް އެކުލެވިގެންވާތީ ތިން ބާވަތެއްގެ ބޭހަކަށް ސަމާލުވާން އެދިއްޖެ އެވެ.
ރައްކާތެރި މިންގަނޑަށް ވުރެ ގިނައިން ކެމިކަލް ހުރެގެން ސަމާލުވާން އެދިފައި ވަނީ ތައިލޭންޑުގައި އުފައްދާ އެއް ބޭހަކާއި އިންޑިއާގައި އުފައްދާ ދެ ބޭހަކަށެވެ.
ދިވެހިރާއްޖޭގެ ކާބޯތަކެއްޗާ ބޭހާ ބެހޭ އިދާރާ (އެމްއެފްޑީއޭ)އިން މިދޔަ ބުރާސްފަތި ދުވަހު ނެރުނު އިއުލާނުގައި ބުނީ ދިވެހީން ވެސް ބޭނުންކޮށްފާނެ ކަމަށް ބެލެވޭ ބައެއް ބޭސްތަކުގައި ނުރައްކާތެރި ކެމިކަލެއް ކަމަށްވާ އެން-ނައިޓްރޯސޯޑިމެތައިލަމިން (އެންޑީއެމްއޭ) ހުންނަންޖެހޭ މިންގަނޑަށް ވުރެ އިތުރަށް ހުރި ކަމަށް، ދެކުނު އިރުމަތީ އޭޝިއާގެ ރީޖަން ނެޓްވޯކް (ސެއާން) އިން އަންގާފައިވާ ކަމަށެވެ.
އެންޑީއެމްއޭ ހުންނަން ޖެހޭ މިންގަނޑަށް ވުރެ އިތުރަށް ހުރި ކަމަށް ތިން ބޭހެއް ފާހަގަވެފައިވީ ނަމަވެސް އޭގެ އެއްވެސް ބޭހެއް، ބޭސް އެތެރެކުރުމަށް ކަނޑައަޅާފައިވާ އެއްވެސް އުސޫލެއްގެ ދަށުން ރާއްޖެ އެތެރެކޮށްފައިނުވާ ކަމަށް، އެ އިދާރާއިން ބުންޏެވެ.
ނަމަވެސް ތައިލޭންޑަށާއި އިންޑިއާއަށް ގިނަ ދިވެހިން ބޭސް ފަރުވާއަށް ދާކަން ފާހަގަކޮށް އެމްއެފްޑީއޭއިން ވަނީ، ބައެއް ހާލަތްތަކުގައި އެ ގައުމުތަކުން ރާއްޖެއަށް ބޭސް އެތެރެކުރާތީ، ރާއްޖެ އަންނަ މީހުން އެކަމަށް ސަމާލުވާން އެދިފައެވެ.
އަދި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ބޭސް ސިޓީއަށް އެތެރެކުރާ ބޭސް ޚާއްސަ ސަމާލުކަން ދީގެން ބަނދަރުތަކުގައި ބަލައި ފާސްކުރާނެ ކަމަށް ވެސް އެމްއެފްޑީއޭއިން ބުންޏެވެ.
ކަޅުބާޒާރުގައި ވޯލްޑް ކަޕް ޓިކެޓުގެ އަގު 16،000 ޑޮލަރުން މަތީގަ
ޓީޗަރުންނަށް ހަނގާކޮށް އުނދަގޫ ކުރުން އާންމު، ވެރިން ތިބީ ހަނު
މަގު ފުޅާކުރަން މާރުކޭޓު ސަރަހައްދުގެ ދޯނިތައް ނަގަން އަންގައިފި