ހޮލީވުޑްގެ މަޝްހޫރު ފިލްމު ފްރެންޗައިޒް "އެވެންޖާސް"ގެ ކުރިއަށް އޮތް ފިލްމު "އެވެންޖާސް ޑޫމްސްޑޭ"ގެ ފުރަތަމަ ޓީޒާ އާއްމުންނަށް ދޫކޮށްލައިފި އެވެ.
މިދިޔަ އަންގާރަ ދުވަހު މާވެލް އެންޓަޓެއިންމަންޓްގެ ޔޫޓިއުބް ޗެނަލްގައި އާއްމުކުރި އެ ޓީޒާގައި ކެޕްޓަން އެމެރިކާގެ ގޮތުގައި ކްރިސް އިވަންސްގެ އެނބުރި އައުން ހާމަވެގެންދެ އެވެ.
2026 ވަނަ އަހަރުގެ ޑިސެމްބަރު މަހު ރިލީޒްކުރަން ހަމަޖެހިފައިވާ އެ ފިލްމުގެ ޓީޒާއިން އެވެންޖާސްގެ ކުރިއަށް އޮތް "މިޝަން"ގެ ފެނިލުމެއް ފެނެ އެވެ.
ކެޕްޓަން އެމެރިކާގެ ގޮތުގައި ކްރިސް އެންމެ ފަހުން ފެނިގެން ދިޔައީ 2019 ވަނަ އަހަރު ރިލީޒްކުރި ފިލްމު "އެވެންޖާސް: އެންޑްގޭމް" އިންނެވެ.
އެހެން ކަމުން އެ ފްރެންޗައިޒްއަށް ކްރިސް އެނބުރި އަންނާތީ ގިނަ ބަޔަކު އަންނަނީ "އެވެންޖާސް ޑޫމްސްޑޭ"އަށް އިންތިޒާރު ކުރަމުންނެވެ.
ކްރިސްގެ އިތުރުން އެ ފިލްމަށް އަނބުރާ އަންްނާނެ ތަރިންގެ ތެރޭގައި ރޮބާޓް ޑައުނީ ޖޫނިއާ ވެސް ހިމެނެ އެވެ. އޭނާއަކީ އެ ފިލްމުގެ ވިލަން އެވެ.
ނަޝީދާއި ސޯލިހު ބައްދަލުކުރައްވައިފި
އަލިމަގު އޮޕަރޭޝަނުގަ ހައްޔަރުކުރި 34 މީހެއްގެ މައްސަލަ ޕީޖީއަށް
ދެން ބައިބައިވުމެއް ނޯންނާނެ ކަމަށް ނަޝީދާއި ސޯލިހު ވިދާޅުވެއްޖެ