ދަރުމަވަންތަ ހޮސްޕިޓަލުގެ ނެޝަނަލް ފާޓިލިޓީ ސެންޓަރުގައި އައިވީއެފް މެދުވެރިކޮށް ފުރަތަމަ ފަހަރަށް ކުއްޖަކު އުފަންވެއްޖެ އެވެ.
މިކަމާ ގުޅޭގޮތުން އައިޖީއެމްއެޗުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ނެޝަނަލް ފާޓިލިޓީ ސެންޓަރުގައި އައިވީއެފް މެދުވެރިކޮށް ފުރަތަމަ ކުއްޖާ އުފަންވީ މިއަދު ކަމަށެވެ.
އެ ހޮސްޕިޓަލުން ބުނީ ދަރިފުޅާއި މަންމަގެ ހާލު ވެސް ރަނގަޅު ކަމަށެވެ. އަދި މިއީ ތާރީހީ ކާމިޔާބީއެއްގެ ގޮތުގައި އެ ހޮސްޕިޓަލުން ސިފަކުރި އެވެ.
މިއީ ރާއްޖޭގައި ދަރިމައިވުމުގެ ފަރުވާތައް ކުރިއެރުވުމާއި ދަރިން ހޯދުމަށް އެދޭ އާއިލާތަކަށް އާ އުއްމީދެއް ހޯދައިދިނުމަށް ކުރަމުން އަންނަ މަސައްކަތުގައި ވެސް ލިބުނު ކުރިއެރުމެއް ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
މި ކާމިޔާބީ ހާސިލް ކުރުމުގައި އަންހެނުންގެ ހާއްސަ ޑޮޮކްޓަރުންނާއި އެމްބްރޮލޮޖިސްޓުން އަދި ހޭނައްތާ ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން ސެންޓަރުގެ މުވައްޒަފުންގެ މަސައްކަތް އެ ހޮސްޕިޓަލުން ވަނީ ފާހަގަކޮށްފަ އެވެ.
ކަޕިލް އަސްލު ވާން ބޭނުންވީ "ކޮމީޑިއަން" އަކަށް ނޫން!
ހަތަރު މިލިއަން ވަގަށް ނެގި މައްސަލައެއް ބަލަނީ
ހުރާގައި އަލިފާނުގެ ހާދިސާއެއް ހިނގައި 15މީހަކު ހާލުގައި ޖެހިއްޖެ
