ރާއްޖެ ސަރަހައްދުގެ ވައި މަޑުމަޑުން ސާފުވެ، މިއަދު ދުރު ފެންނަ މިންވަރު އިތުރުވެފައިވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނެފި އެވެ.
މިދިޔަ ހަފުތާގައި ރާއްޖޭގެ ވައި ވަރަށް ބޮޑަށް ނުސާފުވި އެވެ. އަދި މިމަހުގެ 7 ވަނަ ދުވަހުން ފެށިގެން 5 ދުވަހަށް ނުރައްކާ މިންވަރަށް ވައި ނުސާފުވާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވެސް އިންޒާރު ނެރެފައިވެ އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ދުރު ފެންނަ މިންވަރު މިއަދު ހުރީ 4 ކިލޯ މީޓަރުގައި ކަމަށެވެ. ނަމަވެސް އެންމެ ބޮޑަށް ވައި ނުސާފުވިއިރު، ދުރު ފެންނަ މިންވަރު ގާތްގަނޑަކަށް 1.5 ކިލޯ މީޓަރަށް ވެސް ދަށްވި ކަމަށް އެ އިދާރާއިން ބުނެ އެވެ.
މެޓް އޮފީހުން ބުނީ މުޅި އިރުވައި މޫސުމުގައި ވެސް އެކި ދުވަސްތަކުގައި ރާއްޖެއަށް ދުމާއި ހިރަފުހުގެ އަސަރު ކުރާނެ ކަމަށެވެ.
އެޗްޕީއޭއިން ހިއްސާކޮށްފައިވާ މައުލޫމާތަށް ބަލާއިރު މިއަދު ރާއްޖޭގެ އެކި ހިސާބުތަކުގައި ވައިގެ ތަޣައްޔަރުކަން ވަނީ ދަށްވެފަ އެވެ. މި ވަގުތަށް ބަލާއިރު އެންމެ ވައި ނުުސާފީ މާލެ ސަރަހައްދުގަ އެވެ. މި ސަރަހައްދުގެ ވައިގެ ނުސާފުކަން ހުރީ، 110 ގަ އެވެ. ނިމުނު ހަފުތާގައި ވައިގެ ނުސާފުކަން 190 އަށް އަރާފައިވެ އެވެ. އަދި އެހެން ހިސާބުތަކުގައި ވެސް މިއަދު ވައިގެ ނުސާފުކަން ވަނީ ކުޑަވެފަ އެވެ.
ވައި ނުސާފު ކަމުގެ މިންވަރަށް ބަލާ ސިއްހީ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީން ވަނީ އިރުޝާދު ނެރެފަ އެވެ. ޚާއްސަކޮށް ނޭވާލާ ނިޒާމާއި، ފުއްޕާމޭގެ ސިއްޙީ އެކި މައްސަލަތައް ހުންނަ މީހުންނާއި، އެކި ބަލިތައް ތަހައްމަލު ކުރާ މީހުން އަދި ތުއްތު ކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި މާބަނޑު މީހުންނަށް ނުރައްކާ ބޮޑެވެ.
އެހެންކަމުން ވައި ނުސާފު ވަގުތުތަކުގައި ކޮންމެހެން ނުކުންނަން ޖެހިއްޖެ ހާލަތެއްގައި މެނުވީ ބޭރަށް ނުނިކުތުމަށާއި އަދި ނުކުންނައިރު ވެސް އެން 95 މާސްކު ބޭނުން ކުރުމަށް އެޗްޕީއޭއިން ވަނީ ޢިލްތިމާސްކޮށްފަ އެވެ.
ވައި ސާފު ކަމުގެ މިންގަނޑަށް ބަލާއިރު 151-200 އާއި ދެމެދުގެ މިންގަނޑަކީ، ވައިގެ ނުސާފުކަން ނުރައްކާ މިންވަރެވެ. ރާއްޖެ ސަރަޙައްދުގެ ވައި ނުސާފު ވެފައި ވަނީ އިރުވައި މޫސުމުގައި ރާއްޖޭގެ އުތުރުން އިންޑިއާ އަދި ހިމާލިޔާ ސަރަޙައްދުން އަންނަ ފުސްދުމާ އެކު އެވެ.
އަލިމަގު އޮޕަރޭޝަނުގައި 10 ތަނެއް ބަލައި 4 މީހުން ހައްޔަރަށް
ފާހާނާގައި ފޯނު ބޭނުން ކުރުމަކީ ނުރައްކާ ކަމެއް!
މިދިޔަ އަހަރު ޑިޕާޗާ ޓެކުހާއި އޭޑީއެފް އިން 3.8 ބިލިއަން
ވައި ނުސާފުވުމުގެ ސަބަބުން ރައްކާތެރިކަމުގެ އިތުރު ފިޔަވަޅުތަކެއް
ވައި ނުސާފުވެ ރާއްޖޭގެ ވައިގެ ދަތުރުތަކަށް ވެސް ބުރޫ އަރައިފި
ރާއްޖެ ސަރަހައްދުގެ ވައި ނުސާފުވެ "ރެޑް އެލާޓް" އަށް
އަދިވެސް ވައި ނުސާފު، އަންނަ ހަފްތާގެ ނިޔަލަށް ދެމިގެންދާނެ