ޑެންގީހުމަށް ޕޮޒިޓިވްވާ މީހުން އިތުރުވެ މިދިޔަ މަހު އެކަނި ވެސް 413 މީހުން ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
އެޗްޕީއޭއިން ބުނީ މިދިޔަ މަހު 413 މީހަކަށް ޑެންގީ ޖެހުނުއިރު، އެއީ ނޮވެމްބަރު މަހާ އަޅާބަލާއިރު 31 މީހުންގެ އިތުރުވުމެއް ކަމަށެވެ. ނޮވެމްބަރު މަހު ޑެންގީއަށް 382 މީހުން ޕޮޒިޓިވްވި ކަމަށް އެ އެޖެންސީން ބުންޏެވެ.
ޑެންގީ ހުން ފަދަ މަދިރީގެ ޒަރީޔާއިން ފެތުރޭ ބަލިތައް މަދުކުރުމަށާއި، ބަލިތަކުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އަޅަންޖެހޭ ކަމަށް އެޗްޕިއޭ އިން ބުންޏެވެ.
ތިން ދުވަހަށް ވުރެ އިތުރަށް ހުންނަ އަންނަ ނަމަ، ނުވަތަ ދިޔާ އެއްޗެހި ބޭނުން ނުކުރެވޭނަމަ، ނުވަތަ މާ ބޮޑަށް ވަރު ދެރަވާނަމަ ޑޮކްޓަރަށް ދެއްކުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
މަދިރިން ރައްކާތެރިވުމުގެ ގޮތުން ހަށިގަނޑު ރަނގަޅަށް ނިވާވާ ގޮތަށް ހެދުން އެޅުމާއި މަދިރި ލޯޝަން، ސްޕްރޭ އަދި މޮސްކިޓޯ ރެޕްލެންޓް ބޭނުން ކުރުން މުހިންމު ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
މަދިރި އެންމެ ގިނަ ވާނެ ކަމަށް ބެލެވެނީ ފަތިސް ގަޑީގައި އަދި ހަވީރާއި އިރު އޮއްސޭ ވަގުތުކަމުން އެ ވަގުތުތަކުގައި ގޭގެ ދޮރުތަކާއި ކުޑަ ދޮރުތައް ލައްޕަން އެޗްޕީއޭއިން އިރުޝާދުދެ އެވެ.
އަކްޝޭއާއެކު މަސައްކަތް ކުރަން ކަންގަނާ ދެކޮޅު ހެދި ސަބަބު!
އޭލިއަންވެއާ ގޭމިން ބަންޑްލްގެ ނަސީބުވެރިޔާ ހޮވައިފި
ނިދުމުގެ 3 ގަޑިއިރު ކުރިން ކެއުން ހުއްޓާލަން ޖެހޭ!
