ބޮލީވުޑްގެ ކާމިޔާބު ތަރި ޝާހްރުކް ޚާންއާއެކު އެ ދާއިރާގައި މަސައްކަތް ކުރަން ބޭނުންވާ ކަމަށް ހޮލީވުޑްގެ ފަންނާނެއް ކަމަށްވާ ވިލް ސްމިތު ބުނެފި އެވެ.
ދާދި ފަހުން ދުބާއީގައި އޮތް ނެޝަނަލް ޖިއޮގްރަފިކްގެ އިވެންޓެއްގައި ބައިވެރިވި ވިލް ވަނީ ބޮލީވުޑްގައި މަސައްކަތް ކުރަން އޭނާގެ ހިތުގައި އޮތް އެދުމާ ބެހޭގޮތުން ވާހަކަ ދައްކާފަ އެވެ.
އެގޮތުން ފާއިތުވި އަހަރުތަކުގެ ތެރޭގައި ސަލްމާން ޚާންއާއި އަމީތާބު ބައްޗަންއާއެކު މަސައްކަތް ކުރަން މަޝްވަރާ ކުރެވުނު ކަމަށާއި އެހެން ނަމަވެސް އެއްވެސް ކަމެއް ކުރިއަށް ގޮސްފައިނުވާ ކަމަށް ވިލް ހާމަކުރި އެވެ.
އެއާއެކު މިހާރު އެންމެ ބޭނުންވަނީ ބޮލީވުޑްގައި ޝާހްރުކް ޚާންއާއެކު މަސައްކަތް ކުރަން ކަމަށާއި ޝާހްރުކް ޚާންގެ ދައުވަތަކަށް އިންތިޒާރުކުރާ ކަމަށް ވެސް ސަކަ ރާގަކަށް ވިލް ބުންޏެވެ.
ބޮލީވުޑްގެ ގިނަ ތަރިންތަކެއް ހޮލީވުޑްގައި މަސައްކަތްތަކެއް ކޮށްފައިވާ ނަމަވެސް ހޮލީވުޑްގެ ތަރިއަކު ބޮލީވުޑްގެ އުފެއްދުންތަކުން ފެނިފައިވަނީ މަދު ފަހަރަކު އެވެ. އެއީ ވެސް ހާއްސަ ފެނިލުންތަކެވެ.
ވިލްގެ އިތުރު މަސައްކަތްތަކަށް ބަލާއިރު އޭނާ އެންމެ ފަހުން ފެނިގެންދިޔައީ ނެޝަނަލް ޖިއޮގްރަފިކްގެ ސީރީޒް "ޕޯލް ޓު ޕޯލް" އިންނެވެ.
"ދުނިޔޭގެ އެންމެ ރީތި 100 މޫނު"ގެ ތެރޭގައި ވަރުން!
ފަރުވާދެމުން ދަނިކޮށް "މަސްވެރި އަލިބެ" ނިޔާވެއްޖެ