އިންސާނާގެ ވިސްނުން މިނެކިރާނެ ސީދާ އީޖާދެއް މިހާތަނަށް އުފެއްދިފައެއް ނުވެ އެވެ. އިންޓެލިޖެންސް ކޯޝެންޓް ނުވަތަ އައިކިއު އަކީ މިކަމަށް އެންމެ ގާތްކުރާ އެއްޗެވެ.
އެހެން ނަމަވެސް މިފަހުން ހެދި ދިރާސާއަކުން މިވަނީ ތޫނުފިލި މީހުންގެ ކިބައިގައި ހުންނާނެ ބައެއް ސިފަތައް ފާހަގަ ކޮށް އެއީ އެފަދަ މީހުން ވަކި ކުރަން ބޭނުން ކުރެވޭނެ ކަމެއް ކަމުގައި ބުނެފަ އެވެ.
ރޭގަނޑު ލަހުން ނިދުން
ޓެކްނޮލޮޖީގެ ވަސީލަތްތަކާ ދުރުވިޔަސް ރޭގަނޑު ނިދަން އުނދަގޫ ހެއްޔެވެ؟ އެހެން ކަމަށްވާނަމަ އޮތީ އުފާވެރި ހަބަރެކެވެ. ދިރާސާއިން ދައްކާ ގޮތުގައި ލަހުން ނިދާނަމަ ތިމާގެ ވިސްނުން ރަނގަޅުވާނެ އެވެ. ވަކިން ޚާއްސަކޮށް ކުޑައިރުން ފެށިގެން މި އާދަ ހިފަހައްޓާނަމަ އެވެ. ސަބަބަކީ ތިމާގެ ޚިޔާލުތައް ތިބާ ހޭލާ ބެހެއްޓުމެވެ.
ލިޔުން ހަޑިވުން
މިދިރާސާއިން ދައްކާގޮތުގައި ލިޔުން ހަޑި މީހުންނަކީ ވިސްނުން ރަނގަޅު މީހުންނެވެ. މިގޮތުން މިމީހުންގެ ވަގުތު އަކުރު ތަކުގެ ބައްޓަން ރީތި ކުރުމަށް ހުސްކުރުމުގެ ބަދަލުގައި, މިފަދަ މީހުންގެ މަސައްކަތަކީ އެކަންކަމާމެދު ވިސްނުމެވެ. ސިކުނޑިން ވިސްނާ ބާރުމިނުގައި ލިޔަން ހަދައިގެން ލިޔުން ހަޑިވެ އެވެ.
މާ ގިނައިން ސުވާލު ކުރުން
ތޫނުފިލި މީހުންނަކީ އެކި ކަންކަމުގައި އާދަޔާ ހިލާފަށް ގިނަ ސުވާލުކުރާ ބައެއް ކަމަށް ވެސް އެ ދިރާސާގައި ބުނެފައިވެ އެވެ. ސަބަބެއްގެ ގޮތުގައި ފާހަގަ ކުރެވިފައިވަނީ އެފަދަ މީހުންނަކީ އާ މައުލޫމާތުތައް ލިބިގަންނަން "ބަނޑުހައި ވެފައިވާ" ބަޔަކަށް ވުމާއި ކަންކަން އެނގެން ބޭނުންވުމަކީ އެމީހުންގެ ތަބީއަތުގައިވާ ސިފައަކަށް ވުމެވެ.
ލޭގެ ޕްރެޝަރު އެއްވަރެއްގައި ހިފަހައްޓަން ދެތިން ކަމެއް!
ރޭގަނޑު ހޭލާ އުޅޭނަމަ ހަކުރު ބަލީގެ ނުރައްކާ ބޮޑުވޭ: ދިރާސާ
ހެނދުނުގެ ނާސްތާގައި މި ބާވަތްތައް ހިމަނަންވާނެ!