ހެދުމެއް ގަނެގެން މާ ގިނަ ދުވަހެއް ނުވެ އޮންނަނީ އެއިން ކުލަ ގޮސްފަ އެވެ. ނުވަތަ ކުލަ މަރުވެފަ އެވެ. މިއީ އަހަރުމެންގެ ތެރެއިން ހަމަ ކޮންމެ މީހަކަށް ވެސް ކުރިމަތި ވެފައިވާނެ ހާލަތެކެވެ.

ހަމަހުން ހަމަހުން ގެންގުޅޭ އަންނައުނު ބަދަލު ކުރުމުގެ ބަދަލުގައި އަންނައުނު ދޮވުމުގައި ގެންގުޅޭ ވަރަށް އާދައިގެ ކުޑަ އުކުޅަކުން ހެދުންތަކުގެ ކުލައާއި އާކަން ދަމަހައްޓައިދެ އެވެ.

އެއްޗެތި ދޮންނަން ބޭނުން ކުރާ ކަހަލަ ތަށްޓެއްގެ ތެރެއަށް ފުރާ ފެން އެޅުމަށްފަހު އޭގެ ތެރެއަށް ހެދުންތައް ލާ ރަނގަޅަށް ތެންމާލާށެވެ.

ދެން އެއަށްފަހު ކައްކަން ބޭނުންކުރާ ލޮނުން ތިނެއް ނުވަތަ ހަތަރު ސަމްސާ ލޮނު އަޅާށެވެ. ގިނަ ހެދުން ތަކެއް ދޮންންނަނަމަ ދޮންނަ މެޝިން ގެ ތެރެއަށް ޖޯޑެއްގެ ލޮނު އެޅުމަށްފަހު ދޮވެލާށެވެ.

ލޮނު އަޅައިގެން ހެދުންތައް ދޮވެލުމުން ހެދުމުގެ ކުލަ އަލިވެ، ހެދުމުގައި ޖެހިފައި ހުންނަ ލައްތަކުގެ ކުލަ ވެސް މަޑު ވެ އެވެ. މިއީ ލާން ގެންގުޅޭ އެއްޗެތި ބާވިޔަ ނުދީ ގެންގުޅެން ބޭނުން ނަމަ ކޮޓްލެވިދާނެ ފަސޭހަ ކަމެކެވެ.

މި ކުޑަކުޑަ އުކުޅާއެކު އަންނައުނުތައް ގިނަ ދުވަހަށް ގެންގުޅެވި އަންނައުނަށް ކުރާ ހަރަދު ބޮޑު ތަނުން ކުޑަ ކުރެވިދާނެ އެވެ.