އިނގިރޭސި ވިލާތުގެ މަޝްހޫރު ބެކަމް އާއިލާގެ މެދުގައި ހަމަނުޖެހުންތައް އިތުރުވެ ބްރޫކްލިން ބެކަމް އޭނާގެ މައިންބަފައިން ކަމަށްވާ ޑޭވިޑް އަދި ވިކްޓޯރިއާ ބެކަމްއަށް ގިނަ ތުހުމަތުތަކެއް ކޮށްފި އެވެ.
ބްރޫކްލިން އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ހިއްސާކުރި ދިގު ބަޔާނެއްގައި ޑޭވިޑްއާއި ވިކްޓޯރިއާގެ ސަބަބުން އޭނާގެ ދިރިއުޅުމަށް ގެއްލުންތަކެއް ލިބިފައިވާ ކަމަށް ބުނެފައިވެ އެވެ.
އެގޮތުން އޭނާގެ މައިންބަފައިންނަކީ ކެމެރާތަކަށް ދިރިއުޅުން ވިއްކާލައި މީޑިއާއާއި އާއްމުންގެ ސަމާލުކަން ހޯދަން މަސައްކަތްކުރާ ބައެއް ކަމަށާއި އާއިލީ ގުޅުންތައް ވެސް އެ ދެ މީހުން ބޭނުންކުރަނީ އެގޮތަށް ކަމަށް ބްރޫކްލިން ބުނެފައިވެ އެވެ.
"އެމީހުންނަކީ އެމީހުންގެ ދިރިއުޅުން ކެމެރާތަކާއި މީޑިއާގެ ވަށައިގެން ގެންގުޅޭ ބައެއް. އަހަންނަށް އެއަށްވުރެ އަހަރެންގެ ޒާތީ މިނިވަންކަން މުހިއްމު" ބްރޫކްލިން ބުންޏެވެ.
ހަމައެއާއެކު ބްރޫކްލިންއާއި އޭނާގެ އަންހެނުން ނިކޮލާ ބެކަމްގެ ކައިވެނި ރޫޅާލަން ވެސް ޑޭވިޑްއާއި ވިކްޓޯރިއާ އެކި ގޮތްގޮތުން މަސައްކަތްކުރި ކަމަށް ބްރޫކްލިން ތުހުމަތުކުރި އެވެ.
"ވަރަށް ގިނަ ދުވަސް ވަންދެން އަހަރެން ހަނު ހުރެފިން. އެކަމަކު ކަންތައްތައް މިހާ ހިސާބަށް ދިޔައީމަ އެންމެ ފުރަތަމަ ފަހަރަށް އަހަރެންގެ އަމިއްލަ ނަފްސުގެ ހައްގުގައި ތެދުވަން ނިންމީ" ބްރޫކްލިން ބުންޏެވެ.
އޭނާ އިތުރަށް ބުނީ އެ އާއިލާގެ މެދުގައި ހުރި ހަމަނުޖެހުންތައް ހައްލުކޮށް ބައްޕައާ ބައްދަލުކުރަން ކުރި މަސައްކަތް ވެސް ނާކާމިޔާބު ވެފައިވާ ކަމަށެވެ.
ބްރޫކްލިންގެ އެ ބަޔާނާއެކު ގިނަ ބަޔަކު އަންނަނީ ޑޭވިޑްއާއި ވިކްޓޯރިއާ ދިފާއުކޮށް ބްރޫކްލިން އޭނާގެ މައިންބަފައިންނާ ދެކޮޅަށް ނުކުތީ އަންހެނުން ނިކޮލާގެ ނުފޫޒާއެކު ކަމަށް ބުނަމުންނެވެ.
އެހެން ނަމަވެސް ބްރޫކްލިން ވަނީ އޭނާގެ ބަޔާނުގައި އެކަން ދޮގުކޮށް އޭނާގެ ދިރިއުޅުމަށް ނުފޫޒު ފޯރުވި ބަޔަކީ އޭނާގެ މައިންބަފައިން ކަމަށް ބުނެފަ އެވެ.
އަދާލަތު ޕާޓީގެ ރައީސް ކަމަށް ކުރިމަތިލި އިކްރާމް ނަން ނަގައިފި
ދިރާގުގެ އާ ޕާޓްނާ ފިހާރައާއެއް ހުޅުމާލޭގައި ހުޅުވައިފި
ކާންޔޭގެ ޝޯއެއް އަންނަ އޭޕްރީލް މަހު އިންޑިއާގައި!