މާލޭ ހިޔާގެ ފަސް ވަނަ ފަންގިފިލައިން ވެއްޓުނު މީހާއަށް ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައި ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.
އެ އިމާރާތުން ބުރާސްފަތި ދުވަހު ހެނދުނު ފަސްވަނަ ފަންގިފިލައިން ވެއްޓިފައި ވަނީ އުމުރުން 60 އަހަރުގެ ފިރިހެނެކެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ މީހާއަށް މިހާރު ފަރުވާ ދެނީ އައިސީޔޫގައި ކަމަށެވެ. ނަމަވެސް އެ މީހާއަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް ނުލިބެ އެވެ. އަދި އެ މީހާ ވެއްޓުނު ސަބަބެއް ވެސް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.
އޭނާއަށް ފަރުވާ ދޭން ހޮސްޕިޓަލަށް ގެންދާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވެ އެވެ. ސްޓްރެޗާ އަށް ލައިގެން ގެންދާއިރު، ބޮލުގަ އާއި އަތުގައި ވެސް ބެންޑޭޖް އަޅާފައިވާ ތަން އެ ވީޑިއޯ އިން ފެނެ އެވެ.
އައިޝްވާރްޔާގެ ސަބަބުން ސަލްމާން މަރުވާން އުޅުނު: ރިޕޯޓް
އަސާސީ މުދާ ހޯދަން އާ މާކެޓްތައް ދަނީ ހޯދަމުން: ސައީދު
ޝާހްރުކް ޚާންގެ "ދޭވްދާސް"ގައި ސަލްމާންގެ މަންޒަރެއް!