"ބަލިވެފައިވާ އަދި ޒަހަމްވެފައިވާ އެހެން އެތައް ހާސް ފަލަސްތީނު ރައްޔިތުންނެކޭ އެއްފަދައިން، ސުންނާފަތިވެފައިވާ ސިއްހީ ނިޒާމަކާއި ވަރުގަދައަށް ބަންދުކުރެވިފައިވާ ބޯޑަރެއްގެ ދެމެދުގައި ތާށިވެ، އަހަންނަކީވެސް މަޑުމަޑުން ހާލަތު ގޯސްވެ، މަރާއި ހަނގުރާމަކުރަމުން ގެންދާ މީހަކީމު."
މިއީ ޣައްޒާގެ އަލް ޝިފާ ހޮސްޕިޓަލުހައި ކިޑްނީ ބައްޔަށް ފަރުވާ ހޯދަމުން ގެންދާ އަދި އެތަކެއް ވޭނާ ކެކުޅުން ތަހައްމަލު ކުރަމުންގެންދާ ޒުވާނެއްގެ ހިތުގެ އުދާސްތަކެވެ. މި ލިޔުމުގައި ހިމަނާލާފައި މިވަނީ އެ ޒުވާނާ އޭނާގެ މިހާރުގެ ހާލަތު ކިޔައިދީފައިވާ ގޮތަށެވެ.
އަޅުގަނޑަކީ ޣައްޒާގެ އަލްޝިފާ ހޮސްޕިޓަލުގައި ކިޑްނީ ބައްޔަށް ފަރުވާ ހޯދަމުންދާ މީހަކީމެވެ. ނަމަވެސް މިއަދު އަޅުގަނޑަށް ލިބެމުންދަނީ ހަގީގީ ފަރުވާއެއްތޯ ނުވަތަ މަރުގެ ވަގުތު ކުޑަކޮށް ފަސްކޮށްލުމަށް ކުރެވޭ މަސައްކަތެއްތޯ ސުވާލު އުފެދެ އެވެ.
އަޅުގަނޑަކީ ބޭރު ގައުމަކުން އަވަސް ފަރުވާ ބޭނުންވެފައިވާ، ނަމަވެސް ފުރުސަތެއް ނުލިބި ކިއޫގައި ތިބި 22,000 ބަލިމީހުންގެ ތެރެއިން އެކަކެވެ.
ހަލާކުވެފައިވާ ސިއްހީ ނިޒާމު ޣައްޒާގައި މިއަދު ޑޮކްޓަރުން ނިންމުންތައް ނިންމަނީ ބަލިމީހާއަށް އެންމެ ބޭނުންތެރި ގޮތަކަށް ބަލައިގެންނެއް ނޫނެވެ. އެއާ ހިލާފަށް، އެވަގުތަކު ހޮސްޕިޓަލުގައި ހުރި ވަސީލަތްތަކަކަށް ބަލައިގެންނެވެ. ބޭހާއި، ޓެސްޓު ކުރާނެ ސާމާނު ނެތުމުގެ ސަބަބުން އެ ޒުވާނާގެ ހާލަތު ދަނީ ދުވަހުން ދުވަހަށް ގޯސްވަމުންނެވެ.
އޭނާގެ ހަށިގަނޑު ވެސް މިއަދު މަސައްކަތް ކުރަމުން ދަނީ މި ހަލާކުވެފައިވާ ހޮސްޕިޓަލެކޭ އެއްފަދައިން، އެންމެ ދަށް މިންވަރަށެވެ.
ހަނގުރާމައިގެ ކުރިން ވެސް ކަންކަން އުނދަގުލެވެ. ނަމަވެސް އޭރު އިތުބާރު ކުރެވޭ ސިއްހީ ނިޒާމެއް އޮތެވެ. ޣައްޒާއިން ލިބެން ނެތް ފަރުވާތައް ހޯދުމަށް ހުޅަނގު އައްސޭރިއަށް ދިއުމުގެ ފުރުސަތު އޮތެވެ. އެ ޒުވާނާ 2023 ވަނަ އަހަރު ހެބްރޮންގައި ފަރުވާ ހޯދުމަށްފަހު އެނބުރި އައީ ހަނގުރާމަ ފެށުމުގެ މަދު ދުވަސްކޮޅެއް ކުރިންނެވެ. ނަމަވެސް މިއަދު އެ ފުރުސަތުތައް ވަނީ މުޅިން ބަންދުވެފަ އެވެ.
އިސްރާއީލުން ޣައްޒާގެ ހޮސްޕިޓަލް ތަކަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން ސިއްހީ މަރުކަޒުތައް ވަނީ ފުނޑުފުނޑުވެފަ އެވެ. އަލްޝިފާ ހޮސްޕިޓަލުގެ ކިޑްނީ ބަލިތަކަށް ފަރުވާދޭ ބައި އެތައް ފަހަރަކު ޔަހޫދީން ސުންނާފަތިކޮށްލައިފި އެވެ. މީގެ އިތުރުން ރަފަހް ބޯޑަރު ބަންދުކުރުމުގެ ސަބަބުން، އެ ޒުވާނާ ކޮންމެހެން ބޭނުންވާ ބޭސްތައް ކަމަށްވާ މެތިލްޑޯޕާ އަދި އެމްލޯޑިޕިން ފަދަ ބޭސްތައް މުޅިން ހުސްވެއްޖެ އެވެ.
ބައްޔާ ހަނގުރާމަ ކުރަމުންދާއިރު، ސާފު ބޯފެން ނުލިބުމަކީ ހާލަތު އިތުރަށް ގޯސްވާ ކަމެކެވެ. ފެން ސާފުކުރާ ނިޒާމުތައް ހަލާކުކޮށްލުމުން، ތަޣައްޔަރުވެފައިވާ ފެން ބޯން މަޖުބޫރުވުމުގެ ސަބަބުން އެ ޒުވާނާގެ ހަށިގަނޑު ވަނީ މުޅިން ބަލިކަށިވެފަ އެވެ. އެ ޒުވާނާގެ ބަރުދަނުން 24 ކިލޯ ލުއިވެ، މުޅި ހަށިގަނޑު ދުޅަވެ، ހިނގާބިނގާވެ އުޅުމަށްވެސް ވަނީ ނުކުޅެދިފަ އެވެ.
މިއަދު އެ ޒުވާނާގެ ހަމައެކަނި އުންމީދަކީ ބޭރު ގައުމަކަށް ފަރުވާއަށް ދިއުމުގެ ހުއްދަ ލިބުމެވެ. މިއީ ހަމައެކަނި އެ ޒުވާނާގެ ވާހަކައެއް ނޫނެވެ. މިއީ ޣައްޒާގައި ތިބި އެތައް ހާސް ބަލިމީހުންގެ ވޭނީ އިހުސާސްތަކެވެ. ބައިނަލްއަގުވާމީ މުޖުތަމައުން މިކަމަށް އަވަސް ހައްލެއް ހޯދައިނުދީފިނަމަ، އެ ބަލި ތަހަންމަލް ކުރަމުންދާ މީހުންގެ ރެއިން ގިނަ ބަޔަކު މަރުވެދާނީ އެއްވެސް ކުށެއް ނެތި، ހަމައެކަނި ފަރުވާ ނުލިބުމުގެ ސަބަބުންނެވެ.
އަނބިމީހާގެ ތުހުމަތުތަކަށް ގޯވިންދާ ރައްދު ދީފި
ކޮރަޕްޝަން މައްސަލަ ބޮޑޭ ބުނުމުން އޭސީސީއަށް ގޯސްވީ ދިރާސާ
ޝަމްއާންއާއެކު ހައްޔަރުކުރި އޮފިސަރެއްގެ އަދަބުގެ ޖޫރިމަނާއަކަށް