މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލު އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އަދި ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަނުފެންނަ ވޯޓުގެ ކެމްޕޭން ކުރުން މަނާ ގަޑީގައި ރައީސް މުހައްމަދު މުއިއްޒު ކެމްޕޭންސް ޕޯސްޓެއް ކުރެއްވުމުން ފާޑުކިޔުން އަމާޒުވެއްޖެ އެވެ.
އިއްޔެ އިރުއޮއްސި ހަޔަކުން ފެށިގެން ކެމްޕޭން ކުރުން މަނާވި ފަހުން، 6:08 ގައި ރައީސް ވަނީ ޕީއެންސީގެ ހިނގާލުމުގެ ފޮޓޯތަކަކާއެކު ފޭސްބުކްގައި ޕޯސްޓެއް ކުރައްވާފަ އެވެ.
އެ ޕޯސްޓަށް ގިނަ ބަޔަކު ވަނީ ކެމްޕޭން ކުރުން މަނާގަޑީގައި ރައީސް ކެމްޕޭން ކުރެއްވުމުން އެކަމާއި ނުރުހުން ފާޅުކޮށް ކޮމެންޓްކޮށްފަ އެވެ.
އިންތިހާބާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް އިލެކްޝަން ކޮމިޝަނުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިކަން އިލެކްޝަނުގެ ސަމާލުކަމަށް ގެނެސް، އެ މައްސަލަ އެ ކޮމިޝަނުން ބަލާނެތޯ ނޫސްވެރިއަކު ސުވާލުކުރުމުން، އެ ކޮމިޝަންގެ ރައީސް މުހައްމަދު ޒާހިދުވަނީ އެފަދަ ޝަކުވާއެއް ލިބިއްޖެނަމަ މައްސަލަ ބަލާނެ ކަމަށް ވިދާޅުވެފަ އެވެ.
އީސީން މިހެން ބުނި ނަމަވެސް، ރައީސްގެ މައްސަލައެއް ބެލޭވަރަށްވުރެން މި ސަރުކާރުގެ މިނިވަން ކޮމިޝަންތައް ވަނީ ސަރުކާރުގެ ކޮންޓްރޯލުގެ ދަށުގައިކަން ފާހަގަކޮށްލެވެ އެވެ.
އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގައިވާ ގޮތުން ވޯޓު ލާ ދުވަހުގެ ކުރީ ދުވަހުގެ ހަވީރު ހައެއް ޖެހުމާއެކު ކެމްޕޭން ކުރުމުގެ ވަގުތު ހަމަވާނެ އެވެ. އެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން ތާއީދު ހޯދުމަށް ހުކުރު ދުވަހުގެ 6:00 އިން ފެށިގެން ވޯޓުލުމުގެ އެންމެހާ ކަންކަން ނިމެންދެން ކެމްޕޭން ކުރުމަކީ، އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގެ ދަށުން މަނާކަމެކެވެ. އެހެންކަމުން ހުކުރު ދުވަހުގެ އިރުއޮއްސި 6:00 އިން އާދިއްތަ ދުވަހުގެ ހެނދުނު 6:00 އާ ހަމައަށް ތާއީދު ހޯދުމަށް، ކެމްޕޭންގެ ހަރަކާތްތައް މަނާވާނެ އެވެ.
ބޮޑުތަނުން ސަރުކާރަށް ނޫނެކޭ ބުނެ، މޭޔަރުންގެ ގޮނޑިތައް އެމްޑީޕީއަށް!
މިއަދު މާލެއަށް އިހުސާސްކުރެވޭ ހޫނުމިން 43 ޑިގްރީގައި
ބޯޓެއްގެ ތެރޭގައި ހަބަރު ހުސްވެފައި އޮތް 5 މީހަކު ފެނިއްޖެ