އެޕްރީލު 5 ވާ އާދީއްތަ ދުވަހާއި، އެޕްރީލު 6 ވާ ހޯމަ ދުވަސް، ސަރުކާރު ބަންދު ދެދުވަހުގެ ގޮތުގައި ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު މިއަދު ނިންމަވައިފި އެވެ.
ރައީސް އޮފީހުން ދެންމެ ނެރުނު ދެންނެވުމެއްގައި ބުނީ މިގޮތަށް ހަމަޖެއްސެވީ، ލޯކަލް ކައުންސިލްތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބާއި، ރައްޔިތުންގެ ހިޔާލުހޯދުމުގެ އާންމު ވޯޓުލުން މިއަދު އޮތުމާއެކު، އިންތިހާބާގުޅޭ އެކިއެކި މަސައްކަތްތަކުގައި، ދައުލަތުގެ މުއައްސަސާތަކާއި، ސިވްލް ސާވިސްގެ ގިނަ އަދަދެއްގެ މުވައްޒަފުން ހަރަކާތްތެރި ވާތީ އެ ދެދުވަސް ބަންދުކޮށްދިނުމަށް އިލެކްޝަން ކޮމިޝަނުން އެދިފައިވާތީ ކަމަށެވެ.
މިއަދު ބޭއްވި އިންތިހާބުގައި ސުކޫލުތަކާއި ޔުނިވާސިޓީ އަދި ކޮލެޖް ތަކުގައި ވޯޓު ފޮށި ބެހެއްޓި އެވެ. މީގެ އިތުރުން އޮފިޝަލުންގެ ގޮތުގައި އިދާރާތަކުގެ ގިނަ އަދަދެއްގެ މުވައްޒަފުން ވަނީ ހަރަކާތްތެރިވެފަ އެވެ.
ކެމްޕޭން ބަންދުވިފަހުން ރައީސް ޕޯސްޓެއް ކުރެއްވި މައްސަލައެއް
މަސްތުވާތަކެއްޗާއެކު މާލެއިން 6 މީހަކު ހައްޔަރުކޮށްފި
ޓެކްސީ ލައިން: ކާރެއް މަގު މެދަށް ހުއްޓި މުޅި މަގު ބްލޮކުވެއްޖެ