ކޮފީއަކީ ދުނިޔޭގައި އެންމެ ގިނަބަޔަކު ބޭނުންކުރާ އެއް ބުއިމެވެ. އެެހެން ނަމަވެސް މި އާއްމު ބުއިމާ ބެހޭގާތުން އަހަރުމެންނަށް ނޭނގޭ އެތައް ކަމެއްވެ އެވެ.
މިގޮތުން ކޮފީގައި މޭބިސްކަދުރު ޖޫސް ތަށްޓަކަށްވުރެ އެންޓި އޮކްސިޑެންޓްސް ގިނަ އެވެ. މިއީ އެކި ކަހަލަ އިންފެކްޝަންތަކުން ވެސް ހަށިގަނޑު ސަލާމަތްކޮށްދޭ މާއްދާ އެކެވެ.
އެއާއެކު ކޮފީއަކީ ޓައިޕް 2 ޑައިބީޓީޒް، ޕާކިންސަންސް ބަލި އަދި އަލްޒެއިމާޒް ފަދަ ނުރައްކާތެރި ބަލިތަކުންވެސް ރައްކާތެރިކޮށްދޭ ކަމަށް ބެލެވިފައިވާ އެއްޗެކެވެ.
މީގެ އިތުރުން ވެސް ކޮފީއަކީ އިންސާނުންގެ ވިސްނުމުގެ ބާރު ގަދަކޮށްދޭ އެއްޗެއް ކަމަށް ދިރާސާތަކުން އެނގިފައިވާއިރު ދުވަސް ފެށުމަށް ކޮފީއެއް މުހިއްމުވަނީ މިހެންވެ އެވެ.
މިހުރިހާ ކަމެއް މިހެން ހުރި ނަމަވެސް ކޮފީއަކީ މެދު މިންވަރެއްގައި ބޯންޖެހޭނެ އެއްޗެކެވެ. ނޫންނަމަ ނިދި ނައިސް ރޭގަނޑު އޮންނަން ޖެހުމަކީ އެކަށީގެންވާ ކަމެކެވެ.
އެހެން ކަމުން ދެން ރަހުމަތްތެރިއަކު ކޮފީއަކަށް ގުޅާލުމުން ނޫނެކޭ ބުނުމުގެ ކުރިން ކޮފީއިން ލިބޭ މި ސިއްހީ ފައިދާތަކަށް ވިސްނާލުން މުހިއްމެވެ.
ދިރާގުން މުވައްޒަފުންގެ އަގުވަޒަންކޮށްފި
ސަމާލުވޭ! ރުޅިއަކީ ހިތުގެ ސިއްހަތަށް ވެސް ބޮޑު ނުރައްކަލެއް!
ގައުުމުގެ ކަންކަން ރަނގަޅު ކުރަން މިހާރު އުނދަގޫވާނެ: ޣަފޫރު