ހޮލީވުޑްގެ މަޝްހޫރު އެކްޓަރު މެތިއު ޕެރީއަށް މަސްތުވާތަކެތި ފޯރުކޮށްދިނުމުގެ ތުހުމަތު ކުރެވިފައިވާ ޖަސްވީން ސަންގާއަށް 15 އަހަރުގެ ޖަލު ހުކުމެއް އިއްވައިފި އެވެ.
"ކެޓަމައިން ކުއީން"ގެ ނަމުން މަޝްހޫރު ވެފައިވާ ޖަސްވީންއަށް އެ ހުކުމް އިއްވާފައިވަނީ މިދިޔަ ބުދަ ދުވަހު އެމެރިކާގެ ފެޑެރަލް ކޯޓެއްގައި ބޭއްވި އަޑުއެހުމެއްގަ އެވެ.
އުމުރުން 42 އަހަރުގެ ޖަސްވީން އޭނާގެ ކުށަށް އިއުތިރާފް ވެފައިވާއިރު އޭނާއަށް އިއްވި ހުކުމަކީ ދެން އެ މައްސަލާގައި ދައުވާ ލިބޭ އެންމެންނަށް އިއްވި ހުކުމަށް ވުރެ ވެސް ދިގު ހުކުމެކެވެ.
އަޑު އެހުމުގައި ވާހަކަ ދައްކަމުން ޖަސްވީން ބުނީ އޭނާގެ އަމަލާމެދު ލަދުވެތިވާ ކަމަށާއި އެއީ ފޭރާމެއްހެން އޭނާގެ ގައިގައި ވަށާލާފައިވާ ކަމެއް ކަމަށެވެ.
މަސްތުވާތަކެއްޗަށް އޯވާޑޯޒް ވެގެން 2023 ވަނަ އަހަރު މެތިއު މަރުވެފައިވާއިރު އޭނާގެ މަރުގެ މައްސަލަ މިއަދާ ޖެހެންދެން ވެސް ކޯޓުގައި ހިނގަމުންދެ އެވެ.
މެތިއުއަކީ 1994 ވަނަ އަހަރުން 2004 ވަނަ އަހަރަށް ކުރިއަށްދިޔަ މިހާރު ވެސް ގިނަ ބައެއްގެ މެދުގައި މަގުބޫލު ސިޓްކޮމް ސީރީޒް "ފްރެންޑްސް"އިން ގިނަ ބައެއްގެ ތައުރީފް ހޯދި ތަރި އެކެވެ.
ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ޖީޑީޕީ މަޑުޖެހޭނެ: އޭޑީބީ
ޕޫނޭގައި ހުންނަ ޓައިގާގެ އަގުބޮޑު ގެ ވިއްކާލައިފި
އައްޑޫގައި ވިއްކާ ތެލުގެ އަގު އިންތިހާއަށް ބޮޑުކޮށްފި