ބަރުދަން ލުއި ކުރުމުގައި ވަރަށް ގިނަ މީހުން "ޝޯޓްކަޓް"ތައް ބޭނުން ކުރެ އެވެ. މަދުން ކެއުމާއި ނުކައި ހުރުން ފަދަ ކަންކަމަކީ އެފަދަ މީހުން އާއްމުކޮށް ކުރާ ކަންކަމެވެ.
މިފަދަ ކަންކަމުން ކުރު މުއްދަތެއްގެ ތެރޭގައި ކޮންމެވެސް ވަރެއްގެ ނަތީޖާއެއް ހާސިލްވި ނަމަވެސް އެ ނަތީޖާ ދެމިގެންދަނީ ވެސް ވަރަށް ކުރު މުއްދަތަކަށެވެ.
ދިގު މުއްދަތަށް ދެމިގެންދާނެ ނަތީޖާއެއް ބޭނުންނަމަ ޖެހޭނީ އެކަމަށް ބޭނުންވާ އެންމެ ކުދިކުދި ކަންކަމުން ފެށިގެން ބޮޑެތި ކަންކަމާއެކު ދިރިއުޅުމަށް ބަދަލުތައް ގެންނާށެވެ.
ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ އެކްޓަރު ރުބީނާ ޑިލަކް ވެސް އޭނާގެ އިންސްޓަގްރާމް ޕޯސްޓުގައި ބުނެފައިވަނީ މިހެންނެވެ. މީގެ ދެ ދުވަހެއް ކުރިން ރުބީނާ ކުރި އެ ޕޯސްޓުގައި އޭނާ ވަނީ ބަރުދަން ލުއި ކުރުމާ ބެހޭގޮތުން ކުރެވޭ ބައެއް ކުށްހީތަކަށް އަލި އަޅުވާލާފަ އެވެ.
ރުބީނާ ބުނީ ނުކައި ހުރެގެން މިހާތަނަށް އެއްވެސް މީހަކަށް ވީ ފައިދާއެއް ނެތް ކަމަށާއި އޭގެ ބަދަލުގައި ވެފައި ހުރީ މުޅިން ވެސް ގެއްލުން ކަމަށެވެ.
އޭނާގެ އަމިއްލަ ތަޖުރިބާ ހިއްސާ ކުރަމުން ރުބީނާ ބުނީ ދުވާލު އެއްކޮށް ނުކައި ހުރުމަށްފަހު ރޭގަނޑު ބަނޑުހައިވުމުން މާ ގިނައިން ކެވޭ ކަމަށާއި އެއީ ދުވާލު ކެއުމަށްވުރެ ވެސް ނުރައްކާތެރި ކަމެއް ކަމަށެވެ.
އޭގެ ސަބަބުން ހަށިގަނޑުގެ ހަކަތަ ދަށްވެ ވަރުބަލިކަން އިހުސާސްވުމުގެ އިތުރުން އާއްމު ސިއްހަތު ވެސް ދަށްވާ ކަމަށް ރުބީނާ ފާހަގަކުރި އެވެ.
އެހެން ކަމުން ބަރުދަން ލުއި ކުރަން ބޭނުންނަމަ ކަމާ ބެހޭ މާހިރެއްގެ އިރުޝާދުގެ މަތިން ކަންކަަން ކުރުމަށް ރުބީނާ ވަނީ ނަސޭހަތްތެރިވެފަ އެވެ.
އެމެރިކާގެ ޝަރުތުތަކަށް އީރާނުން އެއްބަސްނުވި
މަޝްވަރާތަކަށް 14 ގަޑިއިރު، އަދިވެސް އެއްބަސްނުވެވޭ ކަންކަން ގިނަ
ޓްރަމްޕްގެ ހުށަހެޅުމަށް އީރާނުން ދެކޮޅުހަދައިފި