ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީން ވަކިކޮށްފިނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނެސްފައިވާ އިސްލާހު ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގެ ހުކުމް އިއްވަން ތާވަލްކޮށްފި އެވެ.
ޕާޓީން ވަކިވާ ނުވަތަ ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނެސްފައިވާ އިސްލާހު ބާތިލްކުރަން ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސައިން ހުށަހެޅުއްވި މައްސަލާގެ ޝަރީއަތް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ބޭނުންކޮށްގެން ތިން ފަނޑިޔާރަކު ސަސްޕެންޑް ކުރުމަށްފަހު ހުއްޓުވުމަށްފަހު މިމަހުގެ އަލުން ފެށީ މި ސަރުކާރުން އައްޔަންކުރި ފަނޑިޔާރުންގެ ބެންޗަކާ އެކު އެވެ.
މައްސަލަ ހުށަހެޅިތާ ދޮޅުއަހަރު ފަހުން އެ މައްސަލާގެ ހުކުމް އިއްވަން ތާވަލްކޮށްފައިވަނީ އަންނަ ބުދަ ދުވަހުގެ ހެނދުނަށެވެ.
މިހާރު އެ މައްސަލަ ބައްލަވަނީ އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ރިޔާސަތު ބަލަހައްޓަވާ ގޮތަށް ހަތް ފަނޑިޔާރުންގެ ފުލް ބެންޗުންނެވެ. އަދި އޭގެ ތެރެއިން ހަތަރު ފަނޑިޔާރުންނަކީ މި ސަރުކާރުން އައްޔަން ކުރެއްވި ފަނޑިޔާރުންނެވެ.
އެ މައްސަލަ ކުރިން ބައްލަވަމުން ގެންދެވި ބެންޗުގައި ތިއްބެވި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު ހުސްނުއްސުއޫދު ސަސްޕެންޑްކުރީ އެ ތިން ފަނޑިޔާރުންގެ މައްސަލައެއް ބަލާ ކަމަށް ބުނެ އޭސީސީން ޖޭއެސްސީއަށް ކުއްލިއަކަށް ފޮނުވި ސިޓީއަކާ ގުޅުވައިގެންނެވެ. ނަމަވެސް އޭސީސީން މިހާތަނަށް ވެސް އެ މައްސަލައެއް ނުބަލާއިރު, އެ ބޭފުޅުންނާ އެކަމާ ގުޅިގެން ސުވާލެއް ވެސް ނުކުރެ އެވެ
މަޝްވަރާތަކަށް އީރާނުގެ ހާރިޖީ ވަޒީރު ޕާކިސްތާނަށް ވަޑައިގެންފި
ލަންކާގައި 1.1 ބިލިއަން ރުޕީސްގެ މަސްތުވާތަކެތި އަތުލައިގެންފި
އިޓަލީ ވޯލްޑް ކަޕަށް ގެންނަން އުޅޭތީ ފާޑުކިޔުން