ބާޒާރުން ފިޔާ ލިބުން ދަތިވެ، މާލޭގެ ފިހާރަތަކުގައި ފިޔާގެ އަގު އުފެލެން ފަށައިފި އެވެ.
ދިވެހިންގެ ކެއިން ބުއިމުގެ އާދަތަކަށް ބަލާއިރު ފިޔަލަކީ ކޮންމެ ގެއެއްގައި ވެސް ކޮންމެހެން ބޭނުންކުރާ، އަދި ރޯދަމަހާ ދިމާކޮށް ޑިމާންޑު އިންތިހާއަށް އުފުލޭ އެންމެ މުހިންމު އެއް ބާވަތެވެ.
އާންމު ދުވަސްތަކުގައި ކިލޯއެއް 16 ރުފިޔާ ނުވަތަ 18 ރުފިޔާއަށް ލިބެން ހުންނަ ފިޔަލުގެ އަގު، މާލޭގެ އާންމު ފިހާރަތަކުގައި މިހާރު ވަނީ 30 ރުފިޔާ އާއި 35 ރުފިޔާއާ ދެމެދުގެ އަގަކަށް އުފުލިފަ އެވެ.
ބައެއް ވިޔަފާރިވެރިން ބުނި ގޮތުގައި، މި އަގުތައް މައްޗަށް ދާން މަޖުބޫރުވީ މާލޭގެ ހޯލްސޭލް ބާޒާރުން ފިޔާ ލިބުން އާދަޔާ ހިލާފަށް ދަތިވުމުންނެވެ. ބާޒާރުގެ ބައެއް ފިހާރަތަކުން މިހާރު ކޮންމެ މީހަކަށް ވެސް އެންމެ ގިނަވެގެން ވިއްކަނީ ތިން ކިލޯ ފިޔާ ކަމަށް ވިޔަފާރިވެރިން ފާހަގަކުރި އެވެ.
މި ހާލަތު މެދުވެރިވާން ދިމާވީ ފަހަކަށް އައިސް ކުރި ވިއްސާރައިގެ ސަބަބުން މުދާ ހިފައިގެން އަންނަ ބޯޓުތައް ލަސްވުމުން ކަމަށް ބެލެވެ އެވެ.
ނަމަވެސް މިފަދަ ހާލަތްތަކުގައި ބާޒާރުގެ އަގުތައް ވަކި ހިފެހެއްޓުމެއް ނެތްގޮތަށް މައްޗަށް ދިޔަ ނުދީ ހިފެހެއްޓުމަށް ދައުލަތުގެ ވިޔަފާރި ކުންފުނި، އެސްޓީއޯއިން މަސައްކަތްކުރާ ކަމަށް މީގެ ކުރިން ވެސް ބުންޏެވެ. އާންމު ފިހާރަތަކުގައި އަގު ބޮޑުވި ނަމަވެސް، އެސްޓީއޯއިން އަދިވެސް ފިޔާ ކިލޯއެއް ލިބެން ހުރީ އެންމެ 13 ރުފިޔާއަށެވެ.
ހާމަނާއީ އާ ބައްދަލުކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ