ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ބޮމުގެ ހަމަލާދިން މަންޒަރު ފެންނަ ވީޑިއޯ ފުލުހުން އާންމުކޮށްފި އެވެ.

ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާ ފުލުހުން އާންމުކުރި ވީޑީއޯ ފުޓޭޖުން ފެނިގެން ދަނީ ނަޝީދު ގެކޮޅުން ނުކުމެ ވަޑައިގެން ކާރަށް އަރާ ވަޑައިގަތުމަށް ހިންގަވާފައި ގޮސް މަޖީދީ މަގާއި ނީލޯފަރު ގުޅޭ ކަންމައްޗާ ހިސާބުން އެތަނުގައި ޕާކު ކޮށްފައި ހުރި ސައިކަލާއި އަރާ ހަމަވި ވަގުތު ގޮއްވާލާ މަންޒަރެވެ.

ވީޑިއޯ އިން ފެންނަ ގޮތުން ވަރަށް ވަރުގަދަ ގޮވުމެއް ގޮވާ މަންޒަރު ފެނެ އެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވަނީ ހަމަލާއާއި ގުޅިގެން މިހާތަނަށް ހައްޔަރު ކޮށްފައިވާ ދެ މީހުންގެ ވަނަވަރު ވެސް އާންމު ކޮށްފަ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލައާ ގުޅިގެން ހައްޔަކުރި ދެ މީހުން

ހަމަލާއާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައި ވަނީ މއ.ފޭރުގެ އުމުރުން 21 އަހަރުގެ މުޖާޒް އަހުމަދާއި ގއ.ކޮނޑޭ ފޫޅުމާގޭ އުމުރުން 32 އަހަރުގެ ތަހްމީނު އަހުމަދެވެ.

ބުރާސްފަތި ދުވަހުގެ ރޭ ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާ ހަރުކަށި ފިކުރާއި ގުޅުވާާލެވެން އެބަހުރި ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވެސް ވަނީ ވިދާޅުވެފަ އެވެ.