މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯއަށް ޒިޔާރަތް ކުރާ ފަރާތްތަކަށް އަގުހުރި އިނާމްތަކެއް ލިބިގެންދާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ހާމަކޮށްފި އެވެ.

އެ އޮތޯރިޓީގެ ސޯޝަލް މީޑިއާގައި ހާމަކޮށްފައިވާ ގޮތުން އެކްސްޕޯއަށް ޒިޔާރަތްކުރާ ނަސީބުވެރި އެއް ފަރާތަކަށް ގްރޭންޑް ޕްރައިޒެއްގެ ގޮތުގައި 25000 ރުފިޔާ ލިބިގެންދާނެއެވެ. އަދި މީގެ އިތުރުން ވެސް ގިނަ އިނާމުތަކެއް ލިބުމުގެ ފުރުސަތު އެބައޮތެވެ. އެގޮތުން:

  • އެކްސްޕޯ އޮންނަ ކޮންމެ ދުވަހަކު 5 އައިޕެޑް
  • ކޮންމެ ދުވަހަކު 5000 ރުފިޔާގެ ހަނދާނީ ނޫޓުގެ 7 ނޫޓު
  • 2 މެކްބުކް ނިއޯ
  • 2 އެޕަލް އިއާޕޮޑް
  • ހޯރަފުށީ އަރައިކު ބީޗް ވިލެޖްގައި 2 މީހަކަށް 3 ރޭގެ ފުލްބޯޑު ޕެކޭޖް
  • 5000 ރުފިޔާގެ 3 ގިފްޓް ކާޑު
  • 1000 ރުފިޔާގެ 12 ގިފްޓް ކާޑު
  • 500 ރުފިޔާގެ 36 ގިފްޓް ކާޑު

ރާއްޖޭގައި ބާއްވާ މާލީ ދާއިރާގެ އެންމެ ބޮޑު އެކްސްޕޯއަށް ޒިޔާރަތްކޮށްގެން މާލީ ގިނަ މައުލޫމާތުތަކެއް ލިބުމާއެކު އަގުހުރި އިނާމްތައް ލިބުމުގެ ފުރުސަތު މި ވަނީ ތަނަވަސްވެފަ އެވެ.

އެކްސްޕޯ އޮންނާނީ ހުޅުމާލެ ސެންޓްރަލް ޕާކުގައި ޖުލައި 2އިން 4 އަށެވެ.