ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ އުފާވެރި މުނާސަބަތާ ގުޅިގެން، ރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ ކުންފުނި، ދިރާގުން ކަސްޓަމަރުންނަށް ހާއްސަ ހަދިޔާތަކެއް ހިމެނޭ އޮފާތަކެއް މިއަދު އިއުލާންކޮށްފި އެވެ.
މި އޮފާތަކުގެ ދަށުން ދިރާގުގެ ހުރިހާ ޕްރިޕެއިޑް ކަސްޓަމަރުންނަށް 6ޖީބީގެ ހިލޭ ބޯނަސް ޑޭޓާ ލިބިގެންދާނެއެވެ. މި ޑޭޓާ ހޯދުމަށްޓަކައި ދިރާގު މޮބައިލް އެޕް ނުވަތަ #225* މެދުވެރިކޮށް، 26 ޖުލައި 2026 ގެ އިރުއޮއްސި 6:00 ގެ ކުރިން އެކްޓިވޭޓް ކުރަންޖެހޭނެއެވެ. ދިރާގުން ހާމަކުރި ގޮތުގައި، މި ފުރުސަތަކީ މިނިވަން ދުވަހުގެ ބަންދުގައި އާއިލާ އާއި ރައްޓެހިންނާ އޮންނަ ގުޅުން ބަދަހިކޮށް، މުއާމަލާތް ކުރުމުގައި ކަސްޓަމަރުންނަށް ލުއިފަސޭހަކަން ފޯރުކޮށްދިނުމުގެ މަގްސަދުގައި ދީފައިވާ ހަދިޔާއެކެވެ.
މީގެ އިތުރުން، ގޭގެ އިންޓަނެޓް ހިދުމަތް ވަރުގަދަކުރަން ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން 'ލިމިޓެއްނެތް ފައިބާ' ގެ ހާއްސަ އޮފާއެއްވެސް ވަނީ ފަށާފަ އެވެ. މިގޮތުން 31 ޖުލައި 2026 ގެ ކުރިން ލިމިޓެއްނެތް ފައިބާ ކަނެކްޝަނަކަށް އެދި ހުށަހަޅާ ކަސްޓަމަރުންނަށް، ރައުޓަރާއި ކަނެކްޝަން ދިރާގުން މުޅިން ހިލޭ ފޯރުކޮށްދޭނެއެވެ. މީގެ ސަބަބުން އިތުރު ހަރަދަކާ ނުލައި، ހަލުވި އަދި އިތުބާރު ހުރި ފައިބަރ ބްރޯޑްބޭންޑްގެ ހިދުމަތް ތަޖުރިބާ ކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ.
މި އޮފާގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، ލިމިޓެއްނެތް ފައިބާ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް އެލައިޑް އިންޝުއަރެންސްގެ 'ހޯމް ކޮންޓެންޓްސް ތަކަފުލް' މުޅިން ހިލޭ ލިބިގެންދާނެ ކަމެވެ. މި ސްކީމްގެ ދަށުން ގޭގައި ހުންނަ މުދަލުގެ 20 އަށްވުރެ ގިނަ ބާވަތަކަށް، އެއް އަހަރު ދުވަހުގެ މުއްދަތަށް 150,000 ރުފިޔާއާ ހަމައަށް އިންޝުއަރެންސް ކަވަރޭޖް ލިބޭނެއެވެ. އެހެންކަމުން، މި އޮފާ މެދުވެރިކޮށް ހަލުވި އިންޓަނެޓާއެކު، ގޭގެ މުދަލަށް ބޭނުންވާ ރައްކާތެރިކަންވެސް ކަސްޓަމަރުންނަށް ކަށަވަރުވެގެންދާނެއެވެ.
މި އޮފާތަކާ ބެހޭ އިތުރު ތަފްސީލު ދިރާގުގެ ރަސްމީ ވެބްސައިޓުން މިހާރު ލިބެން ހުންނާނެއެވެ.
ދިރާގަކީ އަބަދުވެސް ޒަމާނީ ޑިޖިޓަލް ހިދުމަތްތަކާއި އިތުބާރު ހުރި ކަނެކްޓިވިޓީ މެދުވެރިކޮށް ދިވެހިންގެ ދިރިއުޅުން މުއްސަނދިކޮށް، ކަސްޓަމަރުންނަށް ފައިދާހުރި އަދި އުފާވެރި ތަޖުރިބާތަކެއް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކުންފުންޏެކެވެ.
"ލޮކް އަޕް"ގައި ވެސް ހީނާއާއި ޝިލްޕާގެ ވަރުގަދަ ކުރިމަތިލުމެއް!
ނުރައްކާތެރިކޮށް ސައިކަލު ދުއްވި ތިން މީހުން ޖޫރިމަނާކޮށްފި
އެޕޯލޯ ކްރިސްޓަލް އެޕާޓްމަންޓެއްގައި ރޯވި އަލިފާން ނިއްވާލައިފި