ބޮލީވުޑްގެ އެންމެ ކާމިޔާބު ބިރުވެރި ފިލްމުތަކުގެ ތެރޭގައި ހިމެނޭ 2002 ވަނަ އަހަރު ރިލީޒްކުރި "ރާޒް"އިން ފެނިގެންދިޔަ ބަތަލާ މާލިނީ ޝަރްމާ، ކުއްލިއަކަށް ފިލްމީ ދާއިރާއިން ގެއްލުނު ސަބަބާމެދު އަދިވެސް ގިނަ ބަޔަކު ސުވާލު ކުރެ އެވެ.
ފިލްމު "ރާޒް"ގެ އިތުރުން މަޝްހޫރު މިއުޒިކް ވީޑިއޯތަކާއި ޓީވީ ޝޯވްތަކުން 90ގެ އަހަރުތަކާއި 2000ގެ ކުރީކޮޅު ނުހަނު މަޝްހޫރުވި މާލިނީ ޝަރްމާ ވަނީ ބޮލީވުޑް ދުނިޔެ ދޫކޮށް، މުޅިން ތަފާތު ހަމަހިމޭން އަދި ގުދުރަތީ ދިރިއުޅުމަކަށް ބަދަލުވެފަ އެވެ.
ބޮމްބޭ ވައިކިންގްސްގެ "ކްޔާ ސޫރަތު ހޭ" އަދި މީކާ ސިންގްގެ "ސާވަން މޭ ކޭ ގަޔީ އަގު" ފަދަ މަޝްހޫރު މިއުޒިކް ވީޑިއޯތަކުންނާއި، ވިކްރަމް ބަޓްގެ "ރާޒް" ފިލްމުގެ "އާޕްކޭ ޕިޔާރު މޭ" ލަވައިން ބެލުންތެރިންގެ ހިތްތައް އަތުލި މާލިނީއަކީ ކުރިމަގު އަލިގަދަވާނެ ކަމަށް ބެލެވުނު ތަރިއެކެވެ. ނަމަވެސް މާގިނަ ދުވަސްތަކެއް ނުވެ އޭނާ ވަނީ ފިލްމީ ދާއިރާއިން މުޅިން ކަހަލަ ގޮތަކަށް ގެއްލިފައެވެ.
އެ ދުވަސްވަރު މާލިނީ ވަނީ "ތުމް ބިން" ފިލްމުން މަޝްހޫރުވި އެކްޓަރު ޕްރިޔާންޝޫ ޗެޓަރްޖީއާ ކައިވެނި ކޮށްފަ އެވެ. ނަމަވެސް ގިނަ ދުވަސްތަކެއް ނުވެ މި ކައިވެނި ވަނީ ވަރިއަކުން ނިމިފަ އެވެ. މި ކައިވެނި ރޫޅުމާއެކު، މާލިނީ މަޑުމަޑުން ފިލްމީ ދާއިރާއާ ދުރަށް ދާން ފެށި އެވެ.
ފިލްމީ ދުނިޔެ ދޫކޮށްލުމަށްފަހު މާލިނީ ވަނީ މުމްބާއީގެ ހަލަބޮލި ދިރިއުޅުމުން ނުކުމެ، އިންޑިއާގެ ސަހްޔާދްރީ ފަރުބަދަތަކުގެ ސަރަހައްދަށް ބަދަލުވެފަ އެވެ. ޕޫނޭއާ ގާތްގަނޑަކަށް ދެ ގަޑިއިރުގެ ދުރުމިނުގައި ހުންނަ މި ސަރަހައްދުގައި އޭނާ ވަނީ ފާމްސްޓޭއެއް ހިންގަން ފަށާފަ އެވެ.
"ދަ ސްލޯ ލޯކަލް"ގެ ނަމުގައި އޭނާ ފެށި މި ޕްރޮޖެކްޓްގެ ދަށުން، އަމިއްލައަށް ތަރުކާރީ ހައްދައި، ގުދުރަތީ ގޮތުން އުފައްދާ ތަކެތިން މެހެމާނުންނަށް ކާންދިނުމާއި، ގުދުރަތީ ވެއްޓެއްގައި ހަމަހިމޭން ދިރިއުޅުމެއް އޭނާ ގެންދަނީ ވޭތު ކުރަމުންނެވެ.
އޭނާ ބުނާ ގޮތުގައި އޭނާ ދިރިއުޅެމުން ދަނީ އެ ސަރަހައްދުގައިވާ ގަސްގަހާގެއްޔާއި ޖަންގަލީގެ ސަރަހައްދު އެއްވެސް ވަރަކަށް ބަދަލުނުވާ ގުދުރަތީ ރީތިކަމާއެކުގަ އެވެ.
ފަހަކަށް އައިސް އޭނާގެ ސޯޝަލް މީޑިއާ ޕޭޖުތަކުން އާންމުންނާ ބައްދަލުކޮށް، ގުދުރަތީ މާހައުލާ ގުޅިފައިވާ އޭނާގެ މި އާ ދިރިއުޅުމުގެ ވާހަކަތައް އޭނާ ވަނީ ހިއްސާ ކުރަމުންދެ އެވެ.
ތާޕްސީގެ "ގަންދާރީ"އަށް ކޮޕީ ރައިޓް އިލްޒާމުތަކެއް!
ކްލޯއީ އެކްޓިންގެ ދާއިރާއިން ދުވަހަކު ވެސް ފެނިދާނެތަ؟
އަހާންއާއި އަނީތު އެކުގައި ޗުއްޓީ ހޭދަ ކުރަނީ؟