ޕީއެންސީގެ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)ގެ ދެ ކަނބަލުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.

"ހުރިހާ"އަށް އެނގިފައިވާ ވާގޮތުގައި އަބްދުރޭ އަދި އަނބިކަނބަލުން ދިޔާނާ ހުސެއިން ކޮވިޑަށް ޕޮޒިޓިވްކަން އެނގިފައިވަނީ މިއަދުގެ ވަގުތެއްގަ އެވެ. މިހާރު އެ ދެބޭފުޅުން އަންނަނީ އެ ބަޔަށް ފަރުވާ ހޯއްދަވަމުންނެވެ.

ގޭގައި ތިއްބަވައިގެން ފަރުވާ ހޯދަމުން އަންނައިރު އަދުރޭގެ ދެކަނބަލުންގެ ހާލުކޮޅު ވެސް ރަނގަޅު ކަމަށް މައުލޫމާތު ލިބެ އެވެ.

އަދުރޭ އަދި އަނބިކަނބަލުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު އަދުރޭއަކީ ހިތުގެ މައްސަލައެއްގައި ޕޭސް މޭކަރެއް ލައްވާފައިވާ ހައި ރިސްކް ކެޓަގަރީއަށް ފެތޭ ބޭފުޅެކެވެ.