ކޮވިޑް ހާލަތު ގޯސްވެފައިވާތީ އެޗްޕީއޭގައި މަސައްކަތްކުރާނެ ވޮލަންޓިއަރުން ހޯދަން އިއުލާނު ކޮށްފި އެވެ.
އެޗްޕީއޭއިން ކޮށްފައިވާ އިއުލާނެއްގައި މިހާރު ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް ބަލިމަޑުކަމާ ދެކޮޅަށް މަސައްކަތްކުރާނެ ފަރާތްތައް ބޭނުންވާ ކަމަށެވެ. ކޮވިޑް ފެސިލިޓީގައި މަސައްކަތް ކުރައްވާ ވަލަންޓިއަރުން ބޭނުންވާއިރު ދުވާލެއްގެ މައްޗަށް 500 ރުފިޔާގެ އިނާޔަތެއް ލިބިގެންދާނެ ކަމަށް އެޗްޕީއޭއިން ބުނެ އެވެ.
އަދި މީގެ އިތުރުން، މިނިސްޓްރީގައި މަސައްކަތް ކުރާ ވޮލަންޓިއަރުންނަށް ދުވާލެއްގެ މައްޗަށް 200 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
ވޮލަންޓިޔާރ ކޮށް މަސައްކަތް ކުރައްވަން ޝައުގުވެރިވާ ފަރާތްތަކުން އިންޓަވިއު އަށް ހާޒިރުވުމަށް އެޗްޕީއޭއިން ވަނީ އެދިފަ އެވެ. ވޮލަންޓިއަރުން ހޮވަން ހަމަޖެހިފައިވަނީ އިންޓަވިއު އިންނެވެ.
ރާއްޖޭގައި ދުވަލަކަށް 1000 މަތިން ކޮވިޑަށް ޕޮޖެޓިވް ވާއިރު މި ބަލީގައި ރާއްޖެއިން 120 މީހަކު ވަނީ މަރުވެފަ އެވެ.
އީރާނުގެ ތެލުގެ 90 އިންސައްތަ ޗައިނާއިން ދަނީ ގަންނަމުން
ހަނގުރާމައިގެ ތެރޭގައި ވެސް ވޯލްޑް ކަޕްގައި އީރާން ކުޅޭނެ: ފީފާ
ތިމާވެށީގެ މިނިސްޓަރުގެ ކުރީގެ ޕޯސްޓުތަކަކާ ގުޅިގެން ފާޑުކިޔަނީ
އަޅުގަނޑު ވަރަށް ބޭނުން ރައްޔިތުންނަށް އެހީވާން ނިކުންނަން އެކަމަކު ތި އިއުލާނެއް އަދި ކަންކުރަންވީގޮތެއް ވެސް ނޭގުނު ވާންވީ ގޮތެއް ބުނެލާނަމަވެސް ދޯ