މިހާރު އަޅާފައިވާ ފިޔަވަޅުތަކާ އެއްގޮތަށް އެންމެން އަމަލުކޮށްފިނަމަ ޖުލައި މަހުގެ ތެރޭގައި ކޮވިޑްގެ ހާލަތު ރަނގަޅުވާން ފަށާނެ ކަމަށް ބެލެވޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ އަޅުގަނޑުމެން އެންމެން ވެސް އެކީގައި ކުރަންވީ ކަމަކީ މި ބަލިމަޑުކަމުން އަރައިގަތުމަށް މަސައްކަތް ކުރުން ކަމަށެވެ.
"ކުރިއަށް އޮތްތަނުގައި އަޅުގަނޑުމެން ހުރިހާ އެންމެން ވެސް އެކީގަ ކުރަންވީ ކަމަކީ މި ކޮވިޑުން އަރައިގަތުމަށް މަސައްކަތް ކުރުން. އިރާދަކުރެއްވިއްޔާ ޖުލައި މަހާ ހިސާބަށް އަޅުގަނޑުމެންނަށް މި ކުރެވޭ މަސައްކަތްތަކުން އަރައިގަނެވޭނެ ކަމަށް އަޅުގަނޑުމެން މި ބަލަނީ،" ރައީސް ވިދާޅުވި އެވެ.
ރާއްޖޭގައި ކޮވިޑްގެ ހާލަތު ގޯސްވެފައި މިވަނީ އޭޕްރީލް މަހުގެ ކުރީކޮޅު ދިން ލުއިތަކުގެ ސަބަބުން ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ. އޭޕްރީލް ހަ ވަނަ ދުވަހު ކައުންސިލް އިންތިޚާބު ބާއްވާފައިވާއިރު، ކައުންސިލް އިންތިޚާބުގައި ވޯޓުލުމަށް މާލެއިން ކަރަންޓީނުވުމަކާ ނުލައި ރަށްރަށް ދިޔުމުގެ ހުއްދަ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ދީފައިވެ އެވެ. އެކަމުގެ ސަބަބުން އަތޮޅު ތެރޭގެ ގިނަ ރަށްތަކެއްގައި ވަރަށް ބޮޑަށް މި ބަލި ވަނީ ފެތުރިފަ އެވެ.
އެ ލުއިތައް ދިނުމުގެ ސަބަބުން މި ހާލަތު ކުރިމަތިވެފައިވާއިރު، މިއީ އެކަމުގައި އިހުމާލުވަނީ ކޮން ބައެއްތޯ ބަލައި އެއް ބަޔަކު އަނެއް ބަޔަކު އިނގިލި ދިއްކުރަންވީ ވަގުތު ނޫން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ކޮވިޑްގެ ހާލަތު މިވަރަށް ގޯސްވި ނަމަވެސް ކޮވިޑް މެނޭޖް ކުރުމުގައި ފެއިލްވީ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ކޮވިޑް މެނޭޖުކުރުމުގައި ފެއިލްވެފައި އޮތްކަމަކަށް އަދިވެސް އަޅުގަނޑު ގަބޫލެއް ނުކުރަން. އިރާދަކުރެއްވިއްޔާ ފެއިލް ނުވެ އަރައިގަންނާނަން،" ރައީސް ވިދާޅުވި އެވެ.
ޖުލައި މަހުގާ ކޮވިޑު ރަގަޅުވާން ފަށާނެ ކަމައް ލަފާކުރެވޭތީތޯ މިސޮރު ވެރިކަމައް ބަޔަކު އެރުވީމަ އަޅާނުލާ ގޮޑީގަ މިއޮންނަނީ. ރައްޔިތުން ނިމިގެން ދާއިރު