ކޮވިޑް ޖެހިގެން ރާއްޖެއިން މިއަދު ހަ ވަނަ މީހަކު މަރުވެެއްޖެ އެވެ.

އެނނގިފައިވާ ގޮތުގައި އެމީހާ މަރުވީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށެވެ. އެއީ އުމުރުން 62 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މިއާއެކު ރާއްޖެއިން މި ބަލީގައި މިހާތަނަށް މަރުވި މީހުންގެ އަދަދު ވަނީ 167 އަށް އަރާފަ އެވެ.

ހުޅުމާލޭ މެޑިކަލް ފެސިލިޓީން މިއަދު ވަނީ އިތުރު ތިން މީހަކު މަރުވެފަ އެވެ. އެއީ އުމުރުން 70 އަހަރުގެ ފިރިހެނަކާއި 62 އަހަރުގެ ފިރިހެނެއްގެ އިތުރުން 59 އަހަރުގެ އަންހެނެކެވެ. އަދި އައިޖީއެމްއެޗްގެ އީއާރަށް ގެންދިޔަ 89 އަހަރުގެ ފިރިހެނަކު ވެސް ވަނީ މަރުވެފަ އެވެ.

މީގެއިތުރުން ބ. އޭދަފުށީ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން ދިޔަ 87 އަހަރުގެ ފިރިހެނަކު ވެސް ވަނީ މިއަދު މަރުވެފަ އެވެ.

ރާއްޖެއިން ކޮވިޑްގައި މަރުވާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. މިދިޔަ މަހު އެކަނި ވެސް 85 އަށް ވުރެ ގިނަ މީހުން ވަނީ ކޮވިޑްގައި މަރުވެފަ އެވެ.