ކޮވިޑް-19 ޖެހިގެން، މަޝްހޫރު ކެންޒޯ ބްރޭންޑްގެ ބާނީ ޖަޕާނުގެ ކެންޒޯ ޓަކާޑާ މަރުވެއްޖެ އެވެ.
އުމުރުން 81 އަހަރުގައި ޓަކާޑާ މަރުވީ ޕެރިހުގައި ހުންނަ އެމެރިކަން ހޮސްޕިޓަލެއްގައި ކޮވިޑް-19 އަށް ފަރުވާ ހޯދަމުން ދަނިކޮށެވެ.
ކެންޒޯ މަޝްހޫރު ވެފައިވަނީ ގަދަ ކުލަ ތަކުގެ ގްރެފިކްސް އަށާއި ޖަނަވާރުންގެ ހަންގަނޑުގައި ހުންނަ ޕްރިންޓް ތަކުންނެވެ. އަދި އޭނާ އަކީފެޝަންގެ ދުނިޔޭގައި ޕެރިހުގައި ފިޔަޖަހާލި އެންމެ ފުރަތަމަ ޖަޕާނާށް ނިސްބަތްވާ ޑިޒައިނަރެވެ.
1960ގެ އަހަރުތަކުގައި ފްރާންސްއަށް ދިރިއުޅުން ބަދަލުކުރުމަށް ފަހު މަރުވުމާ ހަމައަށް ވެސް ދިރިއުޅުނީ ފްރާންސްގަ އެވެ.
"ކެންޒޯގެ ޑިޒައިންތައް 8،000 އާއި ކައިރި ކުރާނެ. އޭނާ އަކީ އަބަދުވެސް ދިރިއުޅުމާއި ފެޝަނަށް ވަރަށް ލޯބި ކުރި މީހެއް،" ކެންޒޯގެ ތަރުޖަމާނު ބުންޏެވެ.
ކެންޒޯ މަރުވުމާއި ގުލިގެން ފެޝަންގެ ދުނިޔޭގެ އެތައް ބަޔަކު ދަނީ ހިތާމަ ފާޅުކުރަމުންނެވެ.
ޣައްސާން ޑިފެންސް މިނިސްޓަރު ކަމުން އިސްތިއުފާދެއްވައިފި
ވަޒީރުންގެ އަދަދު ވަނީ 15 އަށް މަދުކޮށްފައި: ރައީސް އޮފީސް
ރައީސް އޮފީހުގެ މިނިސްޓަރު އިބްރާހިމް ހަލީލު ވަކިކޮށްފި
