ކޮވިޑް ޖެހިގެން ފަރުވާދެމުން ގެންދިޔަ އިތުރު މީހަކު މިއަދު މަރުވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ އުމުރުން 60 އަހަރުގެ ދިވެހި ފިރިހެނަކު މަރުވެފައިވާ ކަމަށެވެ. އަދި ނިޔާވީ ރޭ 11:43 ހާއިރުކަމަށް ވެސް ބުނެފައިވެ އެވެ.

މިއާއެކު ކޮވިޑް ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު 219 އަށް ވަނީ އަރާފަ އެވެ. މިހާތަނަށް އެބަލީގައި 202 ދިވެހިންނާއި 17 ބިދޭސީ އަކު ރާއްޖޭގައި ވަނީ މަރުވެފަ އެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއިން ބަލިޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 76،546 އަށް އަރާފަ އެވެ. އަދި އެކްޓިވް ކޭސްތައް ނުވަތަ ބަލިޖެހިފައި ތިބި މީހުންގެ އަދަދު އުޅެނީ 2،606 ގަ އެވެ.

މިވަގުތު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ގެންދަނީ 11 މީހުންނަށެވެ.