ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު މާލޭގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންނާ ބައްދަލުކުރައްވައިފި އެވެ.
ރައީސް އޮފީހުން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސްގެ އަނބިކަނބަލުން، މާލޭ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންނާ ބައްދަލުކުރައްވާފައި ވަނީ އެ ކޮމިޓީގެ އެދުމުގެ މަތިން ކަމަށެވެ.
މި ބައްދަލުވުމުގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންގެ ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން ރައީސްގެ އަނބިކަނބަލުންނާ މަޝްވަރާ ކުރައްވާފައިވާ ކަމަށް ވެސް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.
ރައީސް ސޯލިހުގެ ދެކަނބަލުން މިދިޔަ މަހު ބޮޑު ތިލަދުންމަތީގެ ތިން ރަށަކަށް ކުރެއްވި ދަތުރުފުޅުގައި މެޑަމް ފަޒްނާ ވަނީ ހދ. ހަނިމާދޫ އަދި ހދ. ކުޅުދުއްފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންނާ ބައްދަލުކުރައްވާފަ އެވެ.