މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ ހޯދަމުންދާ ބަޔަކު ބޭނުންކުރަމުންދާ ބައެއް އެކައުންޓް ނަންބަރުތަކެއް މިއަދު ފުލުހުން އާންމުކޮށްފި އެވެ.

ފުލުހުން ބުނީ އެކި ފަރާތްތަކުން ބޭނުންކުރަމުން ގެންދާ ފޭސްބުކް އެކައުންޓްތައް ހެކްކޮށް، އެ އެކައުންޓްތަކުގެ ވެރިފަރާތުގެ ނަމުގައި އެކިއެކި ފަރާތްތަކާ މުއާމަލާތްކޮށް، މަކަރާއި ހީލަތުން ފައިސާ ހޯދަމުން ގެންދާ މައްސަލަތަކެއް ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ. ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލަތަކުގައި އޮޅުވާލައިގެން ފައިސާ ޖަމާކުރުވާފައިވާ އެކައުންޓްތައް ކަމަށް ފާހަގަކުރެވިފައިވާ ހަ އެކައުންޓް ނަންބަރު ފުލުހުން މިއަދު ވަނީ ހާމަކޮށްފަ އެވެ.

އެގޮތުން ތިރީގައިވާ އެކައުންޓް ނަންބަރުތަކަކީ ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލަތަކުގައި އޮޅުވާލައިގެން ފައިސާ ޖަމާކުރުވާފައިވާ އެކައުންޓްތައްކަމަށް ފާހަގަ ކުރެވިފައިވާ އެކައުންޓްތަކުގެ ނަންބަރުތަކެވެ.

7730000304660

7730000089422

7730000042772

7730000364429

7730000203888

7770000000544

ވީމާ ފޭސްބުކް އެކައުންޓްތައް މެދުވެރިކޮށް ނުވަތަ އެހެނިގެން ގޮތްގޮތުން ނަމަވެސް ކުރެވުނު މުއާމަލާތެއްގެ ތެރެއިން، މަތީގައިވާ އެކައުންޓަކަށް ނުވަތަ އެކައުންޓްތަކަކަށް ފައިސާ ފޮނުވައި، މި ކުށުގެ ޝިކާރަކައަކަށް ވެފައިވާ އިތުރު ފަރާތްތަކެއް ވާނަމަ އެކަން ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9790048 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދޭ ކަމަށް ވެސް ފުލުހުން ބުންޏެވެ.

"މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުމާއި އެހީތެރިކަން މި ފުރުސަތުގައި ފާހަގަކޮށް ޝުކުރު ދަންނަވަމެވެ." ފުލުހުން ބުންޏެވެ.